ދިވެހިރާއްޖެ
މި ރަށުގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ހިގަމުންދާ ސައިޓުގައިވާ ޑިންގީތައް ނެގުމަށް މީގެ ކުރިންވެސް މި ކައުންސިލުން ވަނީ ތަކުރާރުކޮށް އިޢުލާންކޮށްފައެވެ.
ނަމަވެސް، މިއަދާއި ހަމަޔަށްވެސް އެ ސަރަޙައްދުގައި ހުރި ޑިންގީތައް ނުނަގައި ހުރުމުގެ ސަބަބުން އެ މަސައްކަތް ފެށުމަށް އެމް.ޓީ.ސީ.ސީ އަށް ބޮޑެތި ދަތިތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. އެހެންކަމުން، މާދަމާ (21 އޮކްޓޫބަރ 2026) ވާ (ބުދަ) ދުވަހުގެ މެންދުރު 14:00 ގެ ކުރިން އެ ސަރަޙައްދުގައިވާ ޑިންގީތައް ނަގައި، މަސައްކަތް ހިގަމުންދާ ސައިޓު ނޫން އެހެން ސަރަޙައްދަކަށް ބަދަލު ކުރުމަށް އަންގަމެވެ.
ކަނޑައެޅިފައިވާ މި ވަގުތުގެ ފަހުން ނުނަގައި ހުންނަ ޑިންގީތައް ކައުންސިލުގެ ފަރާތުން ނަގާނެ ކަމާއި، އުޅަނދުތައް ނެގުމުގެ ތެރޭގައި ލިބޭ އެއްވެސް ގެއްލުމަކަށް މި ކައުންސިލުން ޒިންމާ ނުއުފުލާނެ ވާހަކަ ދެންނެވީމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
