ދިވެހިރާއްޖެ
އިޢުލާން
ވާރޭފެންތާނގީ ބަހައްޓާފައިވާ ތަން މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން
މިރަށުގެ ބަނދަރު ސަރަޙައްދުގައި މިހާރު ވާރޭފެން ތާނގީ ބަހައްޓާފައިވާތަން މަރާމާތުކޮށްދޭނެ ފަރާތެއް ބޭނުންވެގެން ކުރެވުނު މިއިދާރާގެ ނަންބަރު: 88/2015/413/Cފ(23 ނޮވެންބަރު 2015) އިޢުލާން ބާޠިލުކޮށް، އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 03 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 މާރިޗު 2016 ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހެޅޭނީ މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. އަންދާސީހިސާބު ހުށަހަޅާ ފަރާތަކީ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތެއް ކަމުގައި ވާންޖެހޭނެއެވެ. ބަދަލުގައި ވަޑައިގަންނަވާ ފަރާތްތަކުން ބަދަލުގައި ވަޑައިގެންނެވިކަމުގެ ސިޓީ ގެންނެވުން އެދެމެވެ. ބިޑު އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދެވޭނެ އުސޫލު ތިރީގައި މިދަންނަވަނީއެވެ.
މަސައްކަތުގެ އަގަށް 75 ޕޮއިންޓް
މާލީ ތަނަވަސްކަމަށް 10 ޕޮއިންޓް
ފަންނީ ޤާބިލުކަމަށް 10 ޕޮއިންޓް
މުއްދަތަށް 5 ޕޮއިންޓް
މާލީ ތަނަވަސްކަމާއި، ފަންނީ ޤާބިލުކަމަށް ޕޮއިންޓްދެވޭނީ އެކަން ކަށަވަރުކޮށްދޭ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ލިޔުން ހުށަހަޅުއްވާ ފަރާތްތަކަށް އެކަންޏެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.