މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ އެކޮމޮޑޭޝަން ބްލޮކަށް ބޭނުންވާ ފަރުނީޗަރ އަދި ބައެއް ހިފާ ގެންގުޅޭ ތަކެތި ފޯރުކޮށްދީ ރާވައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

          މ. މަޑުއްވަރީ ކައުންސިލުން ތަރައްޤީކުރަމުން އަންނަ އެކޮމޮޑޭޝަން ބްލޮކަށް ބޭނުންވާ ފަރުނީޗަރ އަދި ބައެއް ހިފާ ގެންގުޅޭ ތަކެތި މިކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި އަދި ކަރުދާހުގައި ހިމަނާފައިވާ ސާމްޕަލް / ނަމޫނާ އާއި އެއްގޮތަށް މިކައުންސިލަށް ފޯރުކޮށްދީ ރާވައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް އަދި ބީލަމާއި ގުޅޭ ލިޔުންތައް މި އިޢުލާނާއެކު އެއްހީރަސް ކުރެވިފައިވާނެއެވެ.

          ވީމާ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19)ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން 1ނޮވެމްބަރ 2026 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މުލަކަތޮޅު މަޑުއްވަރީ ކައުންސިލް އިދާރާ އަށް އަންދާސީ ހިސާބު ހުށައެޅުން އެދެމެވެ.

          އަންދާސީ ހިސާބުތައް ބަލައިގަތުމާއި ހުޅުވުން އޮންނާނީ 1ނޮވެމްބަރ 2026 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މިއިދާރާގެ މުޝާވިރު މާލަމުގައެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. މަޢުލޫމާތު ފުރިހަމަނުވާ ބިޑުތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބިޑުތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ، މ.މަޑުއްވަރި / ދިވެހިރާއްޖެ

ފޯން:  6720039

އީމެއިލް [email protected] :

           ވީމާ، މިމަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.

20 އޮކްޓޫބަރު 2026
ހޯދާ