އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނީގެ ބޭނުމަށް ސައިބަރ ސެކިއުރިޓީ އެސެސްމަންޓެއް ހެދުމާއި، ސެކިއުރިޓީ އިވެންޓް މޮނިޓަރިންގ އަދި އެޑްވައިޒަރީ ޚިދުމަތްތައް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

ނަންބަރ: ASND/GA/IUL/2026/38


މި ކުންފުނީގެ ބޭނުމަށް ސައިބަ ސެކިއުރިޓީ އެސެސްމަންޓެއް ހެދުމާއި، ސެކިއުރިޓީ އިވެންޓް މޮނިޓަރިންގ އަދި އެޑްވައިޒަރީ ޚިދުމަތްތައް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން 6 އޮކްޓޯބަރ 2026 ގައި ކުރެވުނު އިޢުލާން ނަމްބަރު ASND/GA/IUL/2026/29  އަށް އެކަށީގެންވާ އަދަދަކަށް ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީވެ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 25 އޮކްޓޯބަރ 2026 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން ރެޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓްރީ ކުރެއްވުމަށް، [email protected]  އަށް ކުންފުނީގެ ނަމާއި، ގުޅޭނެ ފަރާތެއްގެ ފުރިހަމަ ނަމާއި ފޯނު ނަމްބަރު، އައިޑީ ކާޑު ނަމްބަރު އަދި އީމެއިލް އެޑްރެސް ޖެއްސެވުމަށްފަހު މެއިލް ކުރެއްވުން އެދެމެވެ. އަދި ރަޖިސްޓްރީ ކުރުމަށް ފޮނުވާ އީމެއިލްގައި މި އިޢުލާން ނަމްބަރު ޖެއްސެވުން އެދެމެވެ. ރަޖިސްޓްރީ ކުރާ ފަރާތްތަކަށް މި މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.

28 އޮކްޓޯބަރ 2026 ވާ ބުދަ ދުވަހުގެ 09:00 ގައި ވެބް މީޓިންގ އެއް މެދުވެރިކޮށް އަންދާޒީ ހިސާބު ހުށަހެޅުން އޮންނާނެއެވެ. ވެބް މީޓިންގގެ ލިންކް، ރެޖިސްޓްރީކުރައްވާފައިވާ ފަރާތްތަކަށް މެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.  އަންދާސީ ހިސާބު ފޮނުވާނީ މެއިލްގެ ޒަރިއްޔާއިން މި ދެންނެވި މީޓިންގގައެވެ.

ކަނޑައެޅިފައިވާ ސުންގަޑިއަށް ރެޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކާއި ވެބް މީޓިންގައި ބައިވެރިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެވެ.

 

ޕްރޮކިޔުމެންޓް ސެކްޝަން

ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ

އަމީނީ މަގު، މައްޗަންގޯޅި، 20375

މާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]    ވެބްސައިޓް: www.aasandha.mv    ފޯން:  3011483 / 7451400      

20 އޮކްޓޫބަރު 2026
ހޯދާ