މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ 2026 ވަނަ އަހަރުގެ ކުޅިވަރު މުބާރާތްތަކުގެ ތެރެއިން ’މަހާރަނި

 (IUL)337-PP/337/2026/75 ނަންބަރު

އިޢުލާން

 

މާފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ 2026 ވަނަ އަހަރުގެ ކުޅިވަރު މުބާރާތްތަކުގެ ތެރެއިން ’މަހާރަނި"ވޮލީ މުބާރާތް  ހިންގައިދޭނެ ފަރާތެއް ހޯދުމަށް އެދި އިއުލާން ކުރުމާއި ގުޅޭ

 

މިކައުންސިލްގެ ސްޕޯޓްސް ކަލަންޑަރުގައިވާ ގޮތަށް މުބާރާތްތައް ކުރިއަށް ގެންދިއުމަށާއި،މި ކަލަންޑަރުގައި ހިމެނޭ  މާފުށި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ "މަހާރަނި ވޮލީ މުބާރާތް 2026" ހިންގައިދޭނެ ފަރާތެއް ހޯދުމަށް މިކައުންސިލުން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ރަށުގެ ކްލަބްތަކާއި،ޖަމްއިއްޔާތައް ނުވަތަ އަމިއްލަ ވިޔަފާރިތަކުން 01 ނޮވެންބަރު 2026 ވާ އާދިއްތަ ދުވަހުގެ 13:00 އަށް މިކައުންސިލަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

  ޕްރޮޕޯސަލްތަކަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތައް:

އަގު:

ތަޖުރިބާ

80%

20%

 

ޕްރޮޕޯސަލް ބަލައިގަތުން:

01 ނޮވެންބަރު  2026 ވަނަ ދުވަހުގެ 13:00 ގައި މިކައުންސިލްގެ އިދާރާގެ މީޓިން ރޫމްގައި

ޕްރޮޕޯސަލް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ޕްރޮޕޯސަލް ހުށަހެޅޭނީ މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން ނުވަތަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ. ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކާއި ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6640073/ 7201050  ނަންބަރަށް ރަސްމީ ގަޑީގައި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

09 ޖުމާދަލްއައްވާލް 1448

20 އޮކްޓޫބަރު 2026

 

20 އޮކްޓޫބަރު 2026
ހޯދާ