ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ދިދަ ޕޯސްޓް ރީ-ލޮކޭޓްކޮށް ނަންބޯޑު ބަދަލުކުރުމުގެ މަސައްކަތް

އިޢުލާން

ދިދަ ޕޯސްޓް ރީ-ލޮކޭޓްކޮށް ނަންބޯޑު ބަދަލުކުރުމުގެ މަސައްކަތް

       މި ކޯޓު ގޯތީގައި މިހާރު ހަރުކޮށްފައި ހުރި ދެ ދިދަ ދަނޑި ރީ-ލޮކޭޓްކޮށް މި ކޯޓުގެ ނަންބޯޑު ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި ކޯޓުގެ ނަންބަރު: 2026/12/C-633 (އޮކްޓޫބަރު 14، 2026) ގެ އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ. މި މަސައްކަތާ ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރާ ފަރާތްތަކާ ޙިއްޞާކުރެވޭނެއެވެ.

       މި މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ 2026 އޮކްޓޫބަރު 22 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި ކޯޓުގެ ނަންބަރު 6740655 ފޯނަށް ގުޅުއްވުން ނުވަތަ މި ކޯޓުގެ އީ-މެއިލް އެޑްރެސް [email protected] އަށް އީ-މެއިލް ކުރެއްވުން އެދެމެވެ.

       އަދި މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2026 އޮކްޓޫބަރު 26 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި ކޯޓުގެ އީ-މެއިލް [email protected] އަށް ނުވަތަ ކޯޓުގެ ވައިބަރ އެކައުންޓަށް ނުވަތަ ރަސްމީ ގަޑީގައި ކައުންޓަރަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

09 ޖުމާދަލްއޫލާ 1448

20 އޮކްޓޫބަރު 2026

20 އޮކްޓޫބަރު 2026
ހޯދާ