ހޯނޑެއްދޫ ސްކޫލް
ދިވެހިރާއްޖެ
2027 ވަނަ އަހަރުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

01 ޖަނަވަރީ 2027 ން 31 ޑިސެމްބަރ 2027 ގެ ނިޔަލަށް މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚުގެ ކުރިން ބީލަން ހުށަހެޅުމަށް ރަސްޖިސްޓްރީކޮށް ކަނޑައެޅިފައިވާ ގަޑިއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 

 

މީޓިން ހަމަޖެހިފައިވާ ގޮތް:

ތާރީޚް

ގަޑި

ރަޖިސްޓަރީ ކުރުން

20 އޮކްޓޫބަރު 2026 އިން 24 އޮކްޓޫބަރު 2027 އަށް

ހެނދުނު 10:30 އަށް

އަންދާސީ ހިސާބު ހުށަހެޅުން

29 އޮކްޓޫބަރު 2027

ހެނދުނު 10:30 އަށް

 

މި މަސައްކަތަށް އެދި ހުށަހަޅުއްވާ އަންދާސީ ހިސާބު ކެނޑުން އިސްވެދެންނެވި ގަޑީގައި މި ސުކޫލުގެ އޮފީހުގައި  އޮންނާނެއެވެ. ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ގާނޫނު  (ޤާނޫނު ނަންބަރ: 2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާއިރު ވިޔަފާރި އިންފޮމޭޝަން ޝީޓް ގެންނެވުން އެދެމެވެ. ބަދަލުގައި އަންނަ ފަރާތްތަކުން ބަދަލުގައި އަންނަކަން އަންގައިދޭ ސިޓީއާއި ބަދަލުގައި އަންނަފަރާތުގެ އައިޑީ ކާޑުގެ ކޮޕީ ގެންނަންވާނެއެވެ.

 

ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން ރަޖިސްޓަރީ ކުރުމަށް ތިރީގައިވާ މައުލޫމާތު ފުރިހަމަކުރުމަށް ފަހު [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.  ރަޖިސްޓަރީ ކުރެވޭނީ ހަމައެކަނި އީމެއިލް މެދުވެރިކޮށެވެ.

 

ރަޖިސްޓަރީ ކުރުމަށް އެދި މެއިލް ކުރާއިރު ފުރިހަމަކުރަންޖެހޭ މަޢުލޫމާތު

ވިޔަފާރީގެ ނަން:

ވެރިފަރާތުގެ ނަމާއި ވިޔަފާރި ރަޖިސްޓަރީ ނަންބަރު:

އީމެއިލް:

ފޯން ނަންބަރު:

 

މި ބީލަމަށް ބިޑު ހުށަހެޅޭނީ ރަޖިސްޓަރީ ކުރި ފަރާތްތަކަށް އެކަންޏެވެ، އަދި ކަޑައެޅިފައިވާ ގަޑިއަށް ވުރެ ފަހުން ހުށަހަޅާ އަންދާސި ހިސާބު ބަލައިނުގަނެވޭނެއެވެ.

 

މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

 

20 އޮކްޓޫބަރު 2026
ހޯދާ