ދިވެހިރާއްޖެ
އިޢުލާން
ނ.މިލަދޫ މެޖިސްޓްރޭޓް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ހަދާ ޢިމާރާތުގެ ނުނިމިހުރި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
އަންދާސީހިސާބު ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުން 07 މާރިޗު 2016 ވަނަ ދުވަހުގެ 15:00 ގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ނުވަތަ ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓު ނުވަތަ ނ. މިލަދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން ނަން ނޯޓު ކުރެއްވުން އެދެމެވެ.
މަސައްކަތާ ގުޅޭ ލިޔުންތައް (މަޢުލޫމާތުޝީޓް، ކުރެހުންތައް، ބީއޯކިއު، އަގު ހުށަހަޅާ ފޯމު ހިމެނޭ ބިޑް ޑޮކިއުމަންޓް) ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްގެ ވެބްސައިޓް (www.judiciary.gov.mv) އިން ލިބެން ހުންނާނެއެވެ.
ނަން ނޯޓުކުރި ފަރާތްތަކުން މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ބޭނުންނަމަ އެ މައުލޫމާތު އެނގޭގޮތަށް އެ ފަރާތުގެ ލެޓަރހެޑްގައި 09 މާރިޗު 2016 ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ނ. މިލަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ. ނަންނޯޓު ނުކުރާ ފަރާތްތަކަށް އަންދާސީހިސާބު ހުށައެއް ނޭޅޭނެއެވެ.
އަންދާސީހިސާބު ހުށަހަޅާ ތާރީޚު: 14 މާރިޗު 2016
އަންދާސީހިސާބު ހުށަހަޅާ ގަޑި: 11:00
އަންދާސީހިސާބު ހުށަހަޅުއްވާނީ: މަތީގައި ދެންނެވިފައިވާ ގޮތުގެމަތިން އެފަރާތަކުން ނަންނޯޓު ކުރެއްވި ތަނަކަށެވެ.
މިކޯޓުން ކުރި ނަންބަރު: D-12-C/2016/01 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް އަގު ބޮޑުކަމަށް ފެންނާތީ، ހުށަހަޅާފައިވާ އަންދާސީހިސާބުތައް ވަނީ ބާޠިލު ކުރެވިފައެވެ.
20 ޖުމާދަލްއޫލާ 1437