ދިވެހިރާއްޖެ
ގދ. ހޯނޑެއްދޫ އިން ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދުތަކުން 4 ބިން ޓޫރިސްޓް ހޮޓާ/ގެސްޓްހައުސް އަދި ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިތައް ތަރައްޤީކޮށް ހިންގާނެ ފަރާތްތަކެއް ހޯދުމަށް، ބީލަމަށް ހުޅުވާލުމަށް މިކައުންސިލުން ނިންމާފައިވާތީ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް މިކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ބިން ކުއްޔަށް ހިފުމަށް އެދިލައްވާ ފަރާތްތަކުން 2026 ޑިސެމްބަރ 02 ވަނަ ދުވަހުގެ 13:30 އަށް ބިޑު ހުށަހެޅުއްވުން އެދެމެވެ. ފޯމެއްގެ އަގަކީ -/1000ރ (އެއްހާސް ރުފިޔާ)އެވެ. ފޯމް ދޫކުރުމަށް ހަމަޖެހިފައިވަނީ 2026 އޮކްޓޯބަރ 20 ވަނަ ދުވަހުން ފެށިގެން 2026 ނޮވެމްބަރ 24 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި މި އިދާރާގެ ކައުންޓަރުންނެވެ. އަދި އޮންލައިންކޮށް ފޯމް ބައްލަވައިގަތުމަށް ބޭނުންވާ ފަރާތްތަކުން މިކައުންސިލްގެ ވާރުގޭ ޕޯޓަލް https://vaarugey.hoandedhdhoo.gov.mv މެދުވެރިކޮށް ފޯމް ބައްލަވައިގަނެ ވޭނެއެވެ. އޮންލައިންކޮށް އަދި ނަގުދު ފައިސާއިން ފައިސާ ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމުގެ ސުންގަޑި ހަމަވާނީ 2026 ނޮވެމްބަރ 24 ވަނަ ދުވަހުގެ 14:00 އަށެވެ. ބިން ކުއްޔަށް ނަގާފަރާތަށް ބޭނުންވާ އެންމެހައި މަޢުލޫމާތު ބިޑްފޯމް އާއިއެކު ބިޑް ފޯމް ބައްލަވައިގަންނަ ފަރާތަށް ދޫކުރެވޭނެއެވެ. ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ މިއިޢުލާނާއިއެކު އާންމުކުރާ ޗާޓުގައި ފާހަގަކުރެވިފައިވާ ތިރީގައި މި ދަންނަވާ ބިމެވެ.
- 72.1.4 (ބިމުގެ ބޮޑުމިން 5000 އަކަފޫޓް 100x50)
- 72.1.5 (ބިމުގެ ބޮޑުމިން 5000 އަކަފޫޓް 100x50)
- 72.1.6 (ބިމުގެ ބޮޑުމިން 5000 އަކަފޫޓް 100x50)
- 72.1.7 (ބިމުގެ ބޮޑުމިން 4423.967 އަކަފޫޓް)
ބިޑު ހުށަހަޅުއްވަނީ ކުންފުނި/ ކޯޕަރޭޓިވްސް ވިޔަފާރިއަކުން ނަމަ ބިޑު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތުގެ ނަމާއި އައިޑީކާޑު ނަންބަރު ޖަހާފައިވާ، ކުންފުނި/ ކޯޕަރޭޓިވްސްގެ ލިޔުމެއް އަދި ކުންފުނި/ ކޯޕަރޭޓިވްގެ ރަޖިސްޓްރީ/ޕްރޮފައިލް ޝީޓުގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރުދުންގެ ވިޔަފާރި ބަދަލުގައި މީހަކު ފޮނުއްވައިގެން ބިޑު ހުށަހަޅާނަމަ އެކަން އެނގޭނެ ބިޑުގެ ވެރިފަރާތުގެ ސިޓީއެއް ބިޑްފޯމާއެކު ހުށަހަޅަންވާނެއެވެ. އަދި ބަދަލުގައި ހުށަހަޅާނަމަ ކޮންމެފަރާތަކަށް ހުށަހެޅޭނީ ބިމަކަށް އެންމެ ބިޑްފޯމެކެވެ. ކޮންމެ ބިމަކަށް ހުށަހަޅަންވާނީ ވަކި ބިޑް ފޯމެކެވެ. ފޯމް ބައްލަވައިގަތް ފަރާތް ނޫން އެހެން ފަރާތަކަށްވެސް ފައިސާ ދައްކާފައިވާ ފޯމް ބޭނުންކުރެވިދާނެއެވެ. ބިމަށް އެދި ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލަޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް ގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބިޑް ހުށަހަޅުއްވާ ފަރާތްތަކުން ބިޑް ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. މިނޫން ގޮތަކަށް ހުށަހަޅާ ބިޑް ބަލައި ނުގަނެވޭނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
