ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ ދިއްދޫގެ ލޭންޑް ޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނުގެ މުއްދަތު އިތުރު ކުރުން

ހއ. ދިއްދޫގެ ބިމާއި އިޙްތިޞާސް ހިމެނޭގޮތަށް، ކުރިއަށް އޮތް 20 އަހަރު ދުވަހަށް ރަށުގެ ލޭންޑް ޔޫސް ޕްލޭނާއި ޓޮޕޮގްރަފިކް ސަރވޭ އާއި ކަމާއިގުޅޭގޮތުން ހަދަންޖެހޭ އެންމެހައި ލިޔެކިޔުންތަކާއި އަދި ކުރެހުންތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރާގެ ނަންބަރު: (IUL)251-MS/251/2026/86 (12 އޮކްޓޯބަރު 2026) ގެ އިޢުލާނުގައި ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކުރުމަށް ދީފައިވާ މުއްދަތާއި ބީލަން ހުށަހަޅަންޖެހޭ ތާރީޚަށްވަނީ ބަދަލުގެނެވިފައެވެ. މިދެންނެވި ބަދަލު ގެނަސްފައިމިވަނީ ބީލަން އިވެލުއޭޓު ކުރުމަށް ބޭނުން ކުރާނެ މިންގަނޑަށް ބަދަލުތަކެއް ގެންނަން ނިންމުމާ ގުޅިގެންނެވެ. އެހެންކަމުން، ބީލަމާގުޅޭ ތާރީޚުތައް އަންނަނިވި ގޮތަށް ބަދަލު ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވެލެއްވުމަށް ރަޖިސްޓަރީކޮށް އަދި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މި އިދާރާގެ ނަންބަރު: (IUL)251-MS/251/2026/86 (12 އޮކްޓޯބަރު 2026) ގެ އިޢުލާނާ ގުޅިގެން ހއ. ދިއްދޫގެ ކުރިއަށް އޮތް 20 އަހަރު ދުވަހަށް ރަށުގެ ލޭންޑް ޔޫސް ޕްލޭނު ހެދުމަށް ބީލަން ހުށަހެޅުމަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އިތުރަށް ރަޖިސްޓަރީ ކުރަން ނުޖެހޭނެ ވާހަކަވެސް ދަންނަވަމެވެ.

 

ތަފްޞީލް

ތާރީޚް

ގަޑި

ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ވުމުގެ ސުންގަޑި

27 އޮކްޓޯބަރު 2026 (އަންގާރަ)

މެންދުރު 12:00

މަޢުލޫމާތު ސާފުކުރުމަށް އީމެއިލް ފޮނުވަންވީ ސުންގަޑި

29 އޮކްޓޯބަރު 2026 (ބުރާސްފަތި)

މެންދުރު 12:00

އަންދާސީ ހިސާބު ހުށަހެޅުން

4 ނޮވެންބަރު 2026 (ބުދަ)

ހެނދުނު 10:00

ބީލަން ރަޖިސްޓަރީ ކުރުމަށާއި މަޢުލޫމާތު ސާފުކުރުމަށް މެއިލް ފޮނުވާނީ  ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާގެ މެއިލް [email protected]  އަށެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6500019 އަށެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 އޮކްޓޫބަރު 2026
ހޯދާ