ދިވެހިރާއްޖެ
އިޢުލާން
2026 ވަނަ އަހަރު މާފަރުގައި ހިތާނީ ކޭމްޕެއް ހިންގައިދޭނެ ފަރާތެއް ހޯދުމަށް
މި ކައުންސިލުން އިސްނަގައިގެން ނ. މާފަރުގައި ދިރިއުޅޭ ކުދިންނަށް ޚާއްޞަކޮށްގެން ސްކޫލް ޗުއްޓީއާއި ދިމާކޮށް މާފަރުގައި ހިތާނީ ކޭމްޕެއް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެހެން ކަމުން މި ކޭމްޕް މާފަރުގައި ކުރިއަށް ގެންގޮސްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި އިޢުލާނާގުޅޭ މަޢުލޫމާތު ކަރުދާހުގައިވާ ގޮތަށް މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 27 އޮކްޓޯބަރު 2026 ގެ 13:00 ގެ ކުރިން މި އިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުން އެދެމެވެ.
މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެއެވެ.
މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދަނބުހިނގުން ނ. މާފަރު ކައުންސިލްގެ ދިވެހިރާއްޖެ.
ފޯން: 6560005
އީ-މެއިލް: [email protected]
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
