ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
އައި.ސީ.ޓީ ޓްރެއިނަރ

އިޢުލާން

ކޮމިއުނިޓީ އީ – ސެންޓަރ ޕްރޮޖެކްޓަށް މީހުން ބޭނުންވެއްޖެ:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ ބެލުމުގެދަށުން ހިންގާ ކޮމިއުނިޓީ އީ – ސެންޓަރ ޕްރޮޖެކްޓުގައި މަސައްކަތްކުރާނެ ހީވާގި، ޤާބިލް، މަސައްކަތަށް ޝައުޤުވެރިކަންހުރި މީހުން ހޯދަން ބޭނުންވެއެވެ.

ބޭނުންވާ މަޤާމު:

އައި. ސީ. ޓީ. ޓްރެއިނަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތުގެ މުއްދަތު:

1 (އެކެއް) އަހަރުދުވަސް (މަސައްކަތުގެ ފެންވަރު ބެލުމަށްފަހު މުއްދަތު އިތުރުކުރެވޭނެ)

މަސައްކަތުގެ ވަގުތު:

ބަންދުނޫން ކޮންމެ ދުވަހަކު ހެބދުނު 08:00 އިން މެންދުރުފަހު 02:00 އަށް (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި ހަވީރު ފަހެއްޖަހަންދެން މަސައްކަތް ކުރެވެންވާނެއެވެ.)

އުޖޫރަ:

މަހަކު -/6،000 ރުފިޔާ

ފެންވަރު/ޝަރުޠު:

ޖީ. ސީ. އީ. އޯ ލެވެލް ގެ 3 (ތިނެއް) މައްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއި، އިންފޮމޭޝަން ޓެކްނޯލޮޖީ ދާއިރާގެ އަސާސީ ތަޢުލީމު ލިބިފައިވުމާއި، ކަނޑުމަގުންނާއި ވައިގެ މަގުން ރަށްރަށަށް ދަތުރުކުރުމާއި، ގިނަވަގުތު މާލެއިން ބޭރުގައި މަސައްކަތްކުރުން.

(މި މަސައްކަތަށް ބޭނުންވާ ފެންވަރާއި ޝަރުޠުގެ އިތުރު ތަފްސީލާއި، "ޓާމްސް އޮފް ރިފަރެންސް" މި އޮފީހުގެ ވެބްސައިޓް: www.ncit.gov.mv އިން ލިބެން ހުންނާނެއެވެ.)

މައިގަނޑު މަސައްކަތްތައް:

  1. އިންފޮމޭޝަން ޓެކްނޯލޮޖީގެ އަސާސީ ތަމްރީންތައް، ކޮމިއުނިޓީ އީ-ސެންޓަރ އޮޕަރޭޓްކުރާ ފަރާތްތަކަށާއި ރަށު ކައުންސިލްގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ދިނުން.
  2. އިންފޮމޭޝަން ޓެކްނޯލޮޖީގެ އަސާސީ ތަމްރީންތައް، އާންމު ރައްޔިތުންނަށް ދިނުން.
  3. ޓްރޭނިންގތައް ހަމަޖައްސައި، ހިންގުމަށް ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް، ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ދުވަހުން ދުވަހަށް ކުރުން.
  4. ހިންގާ ޓްރޭނިންގ ޕްރޮގްރާމްތަކާ ގުޅޭގޮތުން، ބަލަހައްޓަންޖެހޭ އެންމެހައި ލިޔެކިއުންތައް، ކަނޑައަޅާފައިވާ އުސޫލްތަކާ އެއްގޮތަށް ބެލެހެއްޓުން.
  5. އަމިއްލަ އިސްނެގުމާއެކު، ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

ހުށަހަޅަންޖެހޭ ލިޔެކިއުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން.
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓކޮށްފައިވާ)
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  5. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރިފަރެންސް ލެޓަރ.

ހުށަހަޅަންޖެހޭ ތާރީޚު:

މި މަސަތްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 މާރިޗު 9 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، މަތީގައި ބަޔާންކޮށްފައިވާ ލިޔެކިއުންތަކާއެކު، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީއަށް ނުވަތަ މި އޮފީހުގެ އީމޭލަށް ([email protected] އަށް) ފޮނުވުން އެދެމެވެ.

އޮފީހުގެ މަޢުލޫމާތު:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،

64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 4000 334 (960)، ފެކްސް ނަންބަރު: 4004 334 (960) 

އީމޭލް އެޑްރެސް: [email protected]   

ވެބްސައިޓް: www.ncit.gov.mv
އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 4000 334 (960) ނަންބަރު ފޯނަށެެވެ.

                              20 ޖުމާދަލްއޫލާ 1437

29 ފެބުރުވަރީ 2016
ހޯދާ