އަރިއަތޮޅު އުތުރުބުރީ އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ހޮސްޕިޓަލްގެ ލޯންޗުގައި ޕޭޝަންޓު ބެޑު ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

       މި ހޮސްޕިޓަލްގެ ލޯންޗުގައި ޕޭޝަންޓު ބެޑު ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

       ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، ތިރީގައި ދެންނެވިފައިވާ ގަޑިއަށް ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށްފަހު، 02 ނޮވެމްބަރު 2026 ވާ ހޯމަ ދުވަހުގެ 13:30 އަށް މި އޮފީހަށް (އއ. އަތޮޅު ހޮސްޕިޓަލް) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.        

 ރަޖިސްޓްރީވުން:   27 އޮކްޓޫބަރު 2026 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން

ބިޑް ހުޅުވުން:     02 ނޮވެމްބަރު 2026 ވާ ހޯމަ ދުވަހުގެ 13:30 ގައި  (އިދާރީ އޮފީހުގައި)

       ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށް މި އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާ ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރެއްވުމަށްފަހު، 27 އޮކްޓޫބަރު 2026 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.

       މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ 25 އޮކްޓޫބަރު 2026  ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން [email protected]  އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. އަދި ބީލަމުގައި ރަޖިސްޓަރީނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ކަމަށާއި އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:30 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ. މި އިޢުލާނާއެކު ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެވެ.

19 އޮކްޓޫބަރު 2026
ހޯދާ