މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ
ދިވެހިރާއްޖެ
‏ޤާނޫނީ ވަކީލެއް‏ -‏‏ މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލް‏

ކައުންސިލްގެ ނަން

‏މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލް‏

މަޤާމު

‏ޤާނޫނީ ވަކީލެއް‏

ބޭނުންވާ ޢަދަދު

1 (އެކެއް)

މެމްބަރުކަމުގެ ދައުރު

5 (ފަހެއް) އަހަރު

އެލަވަންސް

ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް ކަނޑައެޅިފައިވާ އެލަވަންސް ލިބޭނެއެވެ.

ކައުންސިލް މެމްބަރުންގެ މައިގަނޑު މަސްއޫލިއްޔަތުތައް

(ހ) ‏އެލައިޑް ހެލްތް ޕްރޮފެޝަނަލެއްގެ ގޮތުގައި މަސައްކަތްކުރުމަށްޓަކައި ރަޖިސްޓަރީ ‏ކުރުމާއި ލައިސަންސް ދިނުމުގެ ޝަރުޠުތައް ކަނޑައެޅުން؛

(ށ) ‏އެލައިޑް ހެލްތް ޕްރޮފެޝަނަލެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް ‏‏އެދޭ ފަރާތްތަކުގެ ތަޢުލީމީ ފާސް ޤަބޫލުކުރުމުގެ މިންގަނޑުތައް ކަނޑައެޅުން؛

(ނ) ‏އެލައިޑް ހެލްތް ޕްރޮފެޝަނަލެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރުމުގެ ‏‏ހުއްދަ އެކި ފަރާތްތަކަށް ދިނުމުގެ ބޭނުމަށްޓަކައި ޞިއްޙީ ޚިދުމަތުގެ ފަންނުގެ ‏‏ދާއިރާގެ ތަޢުލީމީ މަރުކަޒުތަކުގެ ތެރެއިން މޯލްޑިވްސް އެލައިޑް ހެލްތް ‏‏ކައުންސިލުން ޤަބޫލުކުރާ ތަޢުލީމީ މަރުކަޒުތަކާއި ތަމްރީނުދޭ މަރުކަޒުތައް ‏‏ކަނޑައެޅުން؛

(ރ) ‏ދިވެހިރާއްޖޭގައި ހިންގާ ޞިއްޙީ ޚިދުމަތުގެ ފަންނުގެ ދާއިރާގެ ތަޢުލީމީ ‏‏މަރުކަޒުތަކުގެ ތެރެއިން މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ޤަބޫލުކުރާ ‏‏ތަޢުލީމީ މަރުކަޒުތަކާއި ތަމްރީނުދޭ މަރުކަޒުތައް ކަނޑައެޅުމާއި، އެ ތަންތަނުގައި ‏‏ތަމްރީނުދިނުމުގެ މަސައްކަތްކުރާ ފަންނުވެރިންގެ ޝަރުޠުތައް ކަނޑައެޅުމާއި، އެ ‏‏ތަންތަނުން ހިންގާ ކޯސްތައް އެކްރެޑިޓްކުރުން؛  ‏

(ބ) ‏އެލައިޑް ހެލްތް ޕްރޮފެޝަނަލުން ރަޖިސްޓަރީ ކުރުމާއި، އެމީހުންގެ ރަޖިސްޓަރީ ‏‏ބާޠިލުކުރުން؛

(ޅ) ‏އެލައިޑް ހެލްތް ޕްރޮފެޝަނަލުންނަށް ލައިސަންސް ދޫކުރުމާއި، ލައިސަންސް ‏‏އައުކޮށްދިނުމާއި، ބާޠިލުކުރުން؛

(ކ) ‏އެލައިޑް ހެލްތް ޕްރޮފެޝަނަލުން އެމީހުންގެ މަސައްކަތްކުރުމުގައި ޢަމަލުކުރަންޖެހޭ ‏‏އުސޫލުތަކާއި، ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑުތަކާއި ހަމަތައް ކަނޑައެޅުން؛

(އ) ‏އެލައިޑް ހެލްތް ޕްރޮފެޝަނަލުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މިންގަނޑުތައް ‏‏ކަނޑައެޅުމާއި، އެމީހުންގެ މަސައްކަތުގެ ފެންވަރު މަތިކުރުމަށްޓަކައި ކުރަންޖެހޭ ‏‏ކަންކަން ބަލައި، ދިރާސާކޮށް، އެކަންކަން ތަންފީޛުކުރުމާއި، ގަވާއިދުން އެމީހުންގެ ‏‏މަސައްކަތުގެ ފެންވަރު ބަލަމުންދިޔުން؛ ‏

(ވ) ‏އެލައިޑް ހެލްތް ޕްރޮފެޝަނަލުން އެމީހުންގެ ވަޒީފާ އަދާކުރާ ކުރުމުގައި، ‏‏ކަނޑައެޅިފައިވާ އުސޫލުތަކާއި ސުލޫކީ މިންގަނޑުތަކާ ޚިލާފަށް ކުރާ ކަންކަމުގެ ‏‏ސަބަބުން ދިމާވާ މައްސަލަތައް ބަލައި، އެފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް ‏‏އެޅުން؛

(މ) ‏ރަޖިސްޓަރީ ކުރުމާއި، ލައިސަންސް ދޫކުރުމާއި، ލައިސަންސް ދޫކުރުމުގެ ކުރިން ‏‏ހަދަންޖެހޭ އިމްތިޙާންތަކަށާއި، އެނޫންވެސް ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތަކާ ‏‏ގުޅޭގޮތުން ނަގާނެ ފީ ކަނޑައެޅުން؛

(ފ) ‏ކައުންސިލްގެ މަޤްޞަދުތައް ހާސިލުކުރުމަށްޓަކައި ޞިއްޙީ ޚިދުމަތުގެ ފަންނީ ‏‏މަސައްކަތްތެރިންގެ ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ ތަޢާރުޟުނުވާނެ ‏‏ގޮތެއްގެމަތިން، ކޮމިޓީތަކާއި ބޯޑުތައް އުފެއްދުން؛

(ދ) ‏އެލައިޑް ހެލްތް ޕްރޮފެޝަނަލުންގެ މަސައްކަތުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ‏‏އައު އުސޫލުތައް ތަޢާރުފުކުރުމާއި، އިޞްލާޙުކުރަންޖެހޭ ކަންކަން ‏‏އިޞްލާޙުކުރުމަށްޓަކައި އުސޫލުތައް ތަޢާރުފުކުރުމާއި، އެލައިޑް ހެލްތް ‏‏ޕްރޮފެޝަނަލުންނާ ގުޅޭގޮތުން ދިވެހިރާއްޖޭގައި ޢަމަލުކުރެވޭ އުސޫލުތަކަކީ ‏‏ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްގެ އުސޫލުތަކާ އެއްގޮތް އުސޫލުތަކެއްކަން ‏‏ކަށަވަރުކުރުން؛

(ތ) ‏ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނުގެ ދަށުން ކައުންސިލުން ‏‏ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގުން؛

(ލ) ‏ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނުން ނުވަތަ އެހެންވެސް ‏‏ޤާނޫނަކުން ކައުންސިލާ ޙަވާލުކުރާ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން؛ ‏

(ގ) ‏ކައުންސިލްގެ ކޮންމެ މެންބަރަކުވެސް އެ މެންބަރަކު ނިސްބަތްވާ ކައުންސިލަށް ‏‏އެމީހެއްގެ ފަންނީ ޢިލްމާއި ތަޖުރިބާގެ އަލީގައި، މިނިވަންކަމާއި، ޢަދުލުވެރިކަމާއި ‏‏އިންޞާފުވެރިކަމާއި މުޙްތަރިފްކަމާ އެކުގައި ޚިދުމަތްކުރުން އަދި އޭނާއާ ‏‏ޙަވާލުކުރެވޭ ކަންކަން އެއްވެސް މީހެއް ނުވަތަ އިދާރާއެއްގެ ބާރަކަށް ނުވަތަ ‏‏ނުފޫޒަކަށް ލެނބުމެއް ނެތި، ދިވެހިރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ‏‏ކުރުން؛

(ޏ) ކައުންސިލްގެ ރައީސް ޙަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުން؛

 

(ސ) ކައުންސިލުން ބަލާ ޝަކުވާތަކާ ގުޅިގެން ޒިޔާރަތްކުރަންޖެހޭ ތަންތަނަށް ޒިޔާރަތްކުރުމާއި ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކުރުމާއި، ދިރާސާކުރަންޖެހޭ ލިޔުންތައް ދިރާސާކުރުމާއި، ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުން؛

(ޑ) މުޖްތަމަޢުގެ ތެރޭގައި އުޅުމުގައި، ކައުންސިލްގެ މެންބަރެއްގެ ހައިސިއްޔަތުން ހިފަހައްޓަންޖެހޭ އަޚްލާޤީ އަދި ސުލޫކީ މިންގަނޑުތަކާއި އަބުރުވެރިކަން ހިފެހެއްޓުން؛

(ޒ) މީގެ އިތުރުންވެސް މި ޤާނޫނުގައި ނުވަތަ މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ނުވަތަ އެހެންވެސް ޤާނޫނެއްގައި ކައުންސިލްގެ މެންބަރުންގެ ޒިންމާއާއި މަސްއޫލިއްޔަތު ކަމުގައި ކަނޑައަޅާފައިވާ ކަންކަން ކުރުން؛

(ޓ) ‏ކައުންސިލްގެ ކޮންމެ މެންބަރަކުވެސް އެ މެންބަރަކު ނިސްބަތްވާ ކައުންސިލަށް ‏‏އެމީހެއްގެ ފަންނީ ޢިލްމާއި ތަޖުރިބާގެ އަލީގައި، މިނިވަންކަމާއި، ޢަދުލުވެރިކަމާއި ‏‏އިންޞާފުވެރިކަމާއި މުޙްތަރިފްކަމާ އެކުގައި ޚިދުމަތްކުރުން އަދި އޭނާއާ ޙަވާލުކުރެވޭ ‏‏ކަންކަން އެއްވެސް މީހެއް ނުވަތަ އިދާރާއެއްގެ ބާރަކަށް ނުވަތަ ނުފޫޒަކަށް ލެނބުމެއް ‏‏ނެތި، ދިވެހިރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ކުރުން؛

(ޔ) ‏އެއްވެސް މެންބަރެއްގެ އަމިއްލަ މަޞްލަޙަތެއް ނުވަތަ ދައުރެއް އޮތް މައްސަލައެއް ‏‏ކައުންސިލުން ބަލާހިނދު، އެ މައްސަލަ ބެލުމުގައި ނުވަތަ ނިންމުމުގައި، އެއްވެސް ‏‏މިންވަރަކަށް އެ މެންބަރަކު ބައިވެރިނުވެ އަދި ކައުންސިލުން ބަލާ މައްސަލައަކީ ‏‏އެފަދަ މަޞްލަޙަތެއް ނުވަތަ ދައުރެއް އޮތް މައްސަލައެއްކަން ކުރިން އެނގިފައި ‏‏ނެތްނަމަވެސް އެކަން އެނގޭ ހިނދު، އެ މައްސަލައަކީ އޭނާއާ ގުޅުމެއް އޮތް ‏‏މައްސަލައެއްކަން ކައުންސިލްގެ ރައީސަށް އެންގުމާއެކު، އެ މައްސަލައެއް ބެލުމުން ‏‏ނުވަތަ އެ މައްސަލައަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުމެއް ނިންމުމުން އެ ‏‏މެންބަރަކު އެއްކިބާވެ ހުރުން؛

(ޕ) ‏އިސްވެ ބަޔާންކޮށްފައިވާ ޙާލަތެއް މެދުވެރިވީ ކައުންސިލްގެ ރައީސަށް ކަމުގައިވާނަމަ، ‏‏ކައުންސިލްގެ ނައިބު ރައީސަށް އެކަން އެންގުމާއެކު، އެ މައްސަލައެއް ބެލުމުން ‏‏ނުވަތަ އެ މައްސަލައަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުމެއް ނިންމުމުން އޭނާ ‏‏އެއްކިބާވުން؛

ބޭނުންވާ ދާއިރާ

ދިވެހިރާއްޖޭގައި މަސައްކަތްކުރާ  ޤާނޫނީ ވަކީލެއް.

މެންބަރުކަމުގެ ޝަރުޠު

ޤާނޫނީ ވަކީލެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާތާ މަދުވެގެން (5) ފަހެއް އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ޤާނޫނީ ވަކީލެއް؛

މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ މެންބަރުކަމުގެ ސިފަތައް

  1. ދިވެހި ރައްޔިތެއްކަމުގައި ވުން.
  2. ކައުންސިލްގެ މެންބަރުކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ ޢިލްމީ ފެންވަރާއި ލަޔާޤަތު އަދި މަސައްކަތުގެ އަޚްލާޤް ހުރި މީހަކު ކަމުގައިވުން.
  3. އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.
  4. ޖިނާއި ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން.
  5. ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ އޮތް މީހެއް ކަމުގައިވުން.
  6. ޞިއްޙީ ޚިދުމަތްދޭ ތަނުގެ މަސްއޫލުވެރިއެއް ނުވަތަ ބޯޑު މެންބަރެއް ނުވަތަ އެހެންވެސް މަގާމެއްގައި ހުރި މީހެއްކަމުގައި ނުވުން.
  7. ޞިއްޙީ ޚިދުމަތްދޭ ތަނެއްގެ ޙިއްޞާ އެމީހެއްގެ އަމިއްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން ޢައްޔަންކޮށްފައިވާ ފަރާތެއްގެ ނަމުގައި ނުވަތަ އޭނާގެ ޙިއްޞާ ހިމެނޭ ކުންފުންޏެއްގެ ނަމުގައިއޮތް މީހަކު ކަމުގައި ނުވުން.
  8. ޤާނޫނެއްގައި ކަނޑައެޅިފައިވާ އިންތިޚާބަކުން މަޤާމަކަށް ހޮވިފައިވާ މީހެއް ކަމުގައި ނުވުން.
  9. ސިޔާސީ މަޤާމެއް ފުރަމުންދާ މީހެއްކަމުގައި ނުވުން.

ތައުލީމަށް މާކުސް ދިނުމަށް ކަނޑައަޅާފައިވާ ގޮތް (ޤާނޫނީ ދާއިރާ)

ބެޗްލަރސް ޑިގްރީ - 20 މާކުސް

މާސްޓަރސް- 25 މާކުސް

ޕީ.އެޗް.ޑީ - 30 މާކުސް

 

 

މަސައްކަތުގެ ތަޖުރިބާއަށް މާކުސް ދިނުމަށް ކަނޑައަޅާފައިވާ ގޮތް

ޚިދުމަތްކޮށްފައިވާ މުއްދަތު 5 އަހަރާ 7 އަހަރާ ދެމެދު - 5 މާކުސް

ޚިދުމަތްކޮށްފައިވާ މުއްދަތު 7 އަހަރާ 10 އަހަރާ ދެމެދު - 10 މާކުސް

ޚިދުމަތްކޮށްފައިވާ މުއްދަތު 10 އަހަރާ 12 އަހަރާ ދެމެދު - 15 މާކުސް

ޚިދުމަތްކޮށްފައިވާ މުއްދަތު 12 އަހަރުން މަތި - 20 މާކުސް

ތަޖުރިބާއަށް މާކުސް ދިނުމުގައި ރިޢާޔަތް ކުރާނީ މި އިއުލާނުގައި ބަޔާންކޮށްފައިވާ މިންގަނޑަށް ފެތޭ ލިޔުންތަކަށެވެ.

 

މެމްބަރުކަމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ލިބިފައިވާ ތަޢުލީމު (30އިންސައްތަ)
  2. ލިބިފައިވާ މަސައްކަތާ ގުޅޭ  ތަޖުރިބާ (20 އިންސައްތަ)
  3. އިންޓަރވިއު (50 އިންސައްތަ)

މާކުސް ދިނުމާއި އިންޓަވިއު ކުރުމުގައި ގެންގުޅޭނެ އާންމު މިންގަނޑު

  1. ހުށަހަޅާ ތައުލީމީ ސެޓްފިކެޓްތަކުގެ ތެރެއިން މާކުސް ދެވޭނީ އެންމެ މަތިން ހޯދާފައިވާ ތައުލީމީ ސެޓްފިކެޓަށް އެކަންޏެވެ.
  2. މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެ މަޤާމަށް ޢައްޔަންކުރާނީ، މިނިސްޓްރީން އާންމުކޮށް އިޢުލާންކުރުމުން ތަޢުލީމާއި ތަޖުރިބާއަށާއި އިންޓަވިއު ކޮށްގެން އެންމެ މަތީ މާކުސް ލިބޭ ފަރާތެކެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

1. މެންބަރުކަމަށް އެދި ހުށަހަޅާ ސިޓީ

2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

3. މެންބަރުކަމަށް އެދޭ ފަރާތަށް ލިބިފައިވާ ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ދިވެހިރާއްޖޭގައި މަސައްކަތްކޮށްފައިވާ ކަމުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ.

4. މަސައްކަތުގެ ދާއިރާއިން ވަކި ލައިސަންސެއް ނުވަތަ ހުއްދައެއް ލިބިގެން މަސައްކަތްކުރާ ފަރާތެއް ކަމުގައިވާނަމަ، އެފަދަ ލައިސަންސެއް ނުވަތަ ހުއްދައެއްގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

6. ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދައިގެ ކޮޕީ.

7. ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާނީ 29 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، އީ-މެއިލް [email protected] އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އިތުރު ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް މި އިޢުލާން ސުންގަޑި އިތުރުވާނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014342 ނުވަތަ 3014336 އެވެ.

19 އޮކްޓޫބަރު 2026
ހޯދާ