ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޕްރޮކިއުމަންޓު އެގްޒެކެޓިވް (ދާއިމީ)

މަޤާމު:

ޕްރޮކިއުމަންޓު އެގްޒެކެޓިވް  (ދާއިމީ)

ބޭނުންވާ އަދަދު: 1

އޮފީސް

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

މަސައްކަތްކުރަން ޖެހޭ ތަން:

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (މެއިން ކެމްޕަސް)

މަޤާމުގެ ގްރޭޑު/ ސްޕައިން ޕޮއިންޓު، މަޤާމުގެ ޝަރްޠުތައް، އަސާސީ މުސާރަ، އަދި ސަރވިސް އެލަވަންސް

 

މަޤާމު

ގްރޭޑް /

ސްޕައިން ޕޮއިންޓު

ޝަރުތު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ޕްރޮކިއުމަންޓު އެގްޒެކެޓިވް

ADG8/37

1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 7 ނުވަތަ އެއަށްވުރެން މަތީ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، 2 އަހަރު ދުވަހުގެ ތަޖުރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދައިފައިވުން

ނުވަތަ،

2. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5/6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، 6 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދައިފައިވުން

ނުވަތަ،

3. އޭޑީޖީ ކްލެސިފިކޭޝަން 8 ގެ ރޭންކުގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަގާމުގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ،

4. އޭޑީޖީ ކްލެސިފިކޭޝަން 7 ގެ ރޭންކުގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަޤާމުގައި 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

 

11374.4

ރުފިޔާ

4874.74

ރުފިޔާ

 

ADG8/38

1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 37 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

ނުވަތަ،

2. އޭޑީޖީ ކްލެސިފިކޭޝަން 8 ގެ ރޭންކުގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަގާމުގައި 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

 

11770.43

ރުފިޔާ

5044.47

ރުފިޔާ

ADG8/39

1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 38 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

ނުވަތަ،

2. އޭޑީޖީ ކްލެސިފިކޭޝަން 8 ގެ ރޭންކުގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަގާމުގައި 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

 

12166.0

ރުފިޔާ

5214.0

ރުފިޔާ

ADG8/40

1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 9 ނުވަތަ އެއަށްވުރެން މަތީ ސަނަދެއް ހާސިލްކޮށްފައިވުން

ނުވަތަ،

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7/8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 3 އަހަރު ދުވަހުގެ ތަޖުރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން

ނުވަތަ،

3. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 39 ރޭންކުގައި މަދުވެގެން 4 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 4 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން

ނުވަތަ،

4. އޭޑީޖީ ކްލެސިފިކޭޝަން 8 ގެ ރޭންކްގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަޤާމުގައި 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

 

12687.5

ރުފިޔާ

5437.5

ރުފިޔާ

 

ADG8/41

1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 40 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

ނުވަތަ،

2. އޭޑީޖީ ކްލެސިފިކޭޝަން 8 ގެ ރޭންކުގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަޤާމުގައި 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

 

13141.29

ރުފިޔާ

5631.98

ރުފިޔާ

ADG8/42

1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 41 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

ނުވަތަ،

5. އޭޑީޖީ ކްލެސިފިކޭޝަން 8 ގެ ރޭންކުގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަޤާމުގައި 12 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

 

 

13594.62

 ރުފިޔާ

 

5826.27 ރުފިޔާ

ADG8/43

1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 42 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

ނުވަތަ،

2. އޭޑީޖީ ކްލެސިފިކޭޝަން 8 ގެ ރޭންކުގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަޤާމުގައި 14 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

 

 

14049.17

 ރުފިޔާ

 

6021.08

ރުފިޔާ

 

ADG8/44

1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 43 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

ނުވަތަ،

2. އޭޑީޖީ ކްލެސިފިކޭޝަން 8 ގެ ރޭންކުގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަޤާމުގައި 16 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

 

14502.66

ރުފިޔާ

6215.42 ރުފިޔާ

ޕްރޮކިއުމަންޓު އެގްޒެކެޓިވް

ADG8/45

1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 44 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

ނުވަތަ،

2. އޭޑީޖީ ކްލެސިފިކޭޝަން 8 ގެ ރޭންކުގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަޤާމުގައި 18 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

 

 

 14957.05 ރުފިޔާ

 

6410.17

ރުފިޔާ

 

 

 

އުޖޫރައާއި ޢިނާޔަތްތައް:

 

  • މުވައްޒަފަށް ދެވޭ އަސާސީ މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން ސްޕެޝަލް ޑިއުޓީ އެލަވަންސް (އަސާސީ މުސާރައިގެ 35 އިންސައްތަ) ދެވޭނެއެވެ.
  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  • ޔުނިވާސިޓީއަށް ތަކެތި ހޯދުމުގައާއި ފައިސާ ޚަރަދުކުރުމުގައި، ފިނޭންސް މިނިސްޓްރީގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކުރަމުން ގެންދިއުމާއި ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމާބެހޭ އެންމެހައި ކަންތައްތައް ކޮރަޕްޝަނަށް މަގުފަހި ނުވާނޭ ގޮތުގެ މަތީން ޑިޕާރޓްމަންޓްގެ ވެރިޔާގެ ލަފާގެ މަތިން  ޕްރޮކިއުމަންޓް  މަސައްކަތްތައް ރާވައި ބެލެހެއްޓުން.
  • ޔުނިވަރސިޓީއަށް ގަންނަންޖެހޭ އެންމެހައި މުދާ އަދި ހޯދަންޖެހޭ ޚިދުމަތްތައް ހޯދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ދަޢުލަތުގެ މާލިއްޔަތު ޤާނޫނާއި ޤަވާޢިދާއި އެއްގޮތަށް ކުރުން.
  • ޢިއުލާންކޮށްގެން ހޯދަންޖެހޭ ތައްޗާއި ޚިދުމަތްތައް ހޯދުމަށް އިޢުލާން އާއި މަޢުލޫމާތު ކަރުދާސް ތައްޔާރުކޮށް ޑިޕާޓްމަންޓްގެ ވެރިޔާގެ ލަފާގެ މަތިން އިޢުލާންކުރުމުގެ މަރުހަލާ ކުރިޔަށް ގެންދިއުން.
  • ޑިޕާޓްމަންޓުން ކުރިޔަށް ގެންދާ ޕްރޮކިއުމަންޓް ތަކާއި ގުޅިގެން ބިޑްކޮމިޓީއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ތައްޔާރު ކުރުމާއި، ޢިއުލާންކޮށްގެން ހޯދަންޖެހޭ ތައްޗާއި ޚިދުމަތްތައް ހޯދުމަށް ކުރެވޭ އިޢުލާންތަކާއި ގުޅިގެން ހުށަހެޅޭ އަންދާސީ ހިސާބުތައް އިވެލުއޭޓްކޮށް ބިޑް ކޮމިޓީއަށް ހުށަހެޅުމައްޓަކައި ފުރިހަމަ ކުރަންޖެހޭ އެންމެހައި ލިޔެކިޔުންތައް ތައްޔާރުކޮށް ބިޑް ކޮމިޓީއަށް ހުށަހެޅުން. 
  • ހޯދޭ ތަކެތި އަދި ޚިދުމަތްތަކުގެ އެއްބަސްވުންތައް ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ޤަވާޢިދާއި އަދި މާލީ ވުޒާރައިން ކަނޑައަޅާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން  ތައްޔާރުކުރުމާއި ބެލެހެއްޓުން.
  • ހޯދޭ މުދާ އަދި ޚިދުމަތުގެ ބިލްތައް ބަލައިގަނެ ޗެކްކޮށް ގުޅުންހުރި ލިޔެކިޔުންތައް ހަމަކޮށް ފައިސާ ދެއްކުމަށް ގުޅުންހުރި ޑިޕާޓްމަންޓް/ ސެކްޝަނަށް ފޮނުވުން.
  • ޕްރޮކިއުމަންޓް ޑިޕާރޓްމަންޓްގެ މަސައްކަތްތަކުގެ ތެރެއިން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިއުންތައް ޖެމްސް، އީ- މެއިލް، ފެކްސް މެދުވެރިކޮށް ފޮނުވުމާއި ޢާއްމު ކުރަންޖެހޭ މަޢުލޫމާތު ޢާއްމުކުރުމާއި ލިޔެކިޔުންތައް ބެލެހެއްޓުން.
  • ޕްރޮކިއުމަންޓް މަސައްކަތް ހަވާލުކުރެވޭ ފަރާތްތަކުގެ މަޢުލޫމަތު ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށް ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރުން.
  • ޕްރޮކިއުމަންޓް އަހަރީ ވަރކް ޕްލޭން ސްޕަވައިޒަރުގ ލަފާގެ މަތިން ތައްޔާރުކުރުން.
  • މަތީގައިވާ ކަންތައްތަކުގެ އިތުރުން، ޔުނިވާސިޓީން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި ޔުނިވާސިޓީގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ސްޕަވައިޒަރު ހަވާލުކުރާ އެންމެހައި މަސައްކަތްތައް ކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު (ގުޅޭ ދާއިރާއިން)
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (ގުޅޭ ދާއިރާއިން)
  • ލިބިފައިވާ ހުނަރު (އިންޓަރވިއު/ޕްރެކްޓިކަލްސް)

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (ދެ ފުށް ފެންނާނެހެން ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީ އަކުން ނުވަތަ ކޮލެޖަކުން ހަދާފައިވާ ކޯހެއްނަމަ އެކްރިޑިޓް ނުވަތަ ވެލިޑޭޓް ކޮށްފައިވާ ކޮޕީ) 
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

 

ވަޒީފާއަށް އެދި ހުށަހަޅާނެ ގޮތް:

  • މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚަކީ 25 އޮކްޓޫބަރު 2026 ވަނަ ދުވަހުގެ 23:59 އަށެވެ. ވަޒީފާއަށް އެދި ހުށަހަޅާނީ ތިރީގައިވާ ގޫގަލް ފޯމު ލިންކް މެދުވެރިކޮށެވެ.

     https://ium.to/procurement-executive

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  •  މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
  • މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު 8:00 އިން މެންދުރު 14:00 އަށެވެ.
  • މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 26 އޮކްޓޫބަރު 2026 ވަނަ ދުވަހުން 26 ނޮވެންބަރު 2026 ވަނަ ދުވަހާ ދެމެދުގައެވެ. އިންޓަރވިއު އޮންނާނެ ތަނަކާއި، ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

  • މިޢުލޫމާތު ސާފުކުރުމަށް ގުޅާނީ،  1405 ހޮޓްލައިނަށެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
19 އޮކްޓޫބަރު 2026
ހޯދާ