ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނި އުކުލާލުމުގެ ޚިދުމަތައް އެދޭފަރާތްތައް ރަޖިސްޓަރިކުރުން

މިރަށުގެ ކުނިމެނޭޖުކުރުމުގެ ކަންކަން "ވޭސްޓް މެނޭޖްމަންޓް ޕްލޭން" އާއި އެއްގޮތަށް ކުރިއަށްގެންދިއުމަށްޓަކާ މި އިދާރާއިން މިދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ގޭބިސީތަކުގައި ކުނި ވަކިކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށާއި، ކުނި އުފުލުމުގެ ޚިދުމަތް މިހިނގާ 2026 ވަނަ އަހަރު ނިމުމުގެކުރިން ފެށުމަށް މި އިދާރާއިން މިދަނީ ތައްޔާރުވަމުންނެވެ.

ވީމާ، ކުނި އުކާލުމުގެ ޚިދުމަތްބޭނުންވާ ފަރާތްތަކުން 15 ޑިސެމްބަރ 2026 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ވަޑައިގެން ނުވަތަ މި އިދާރާގެ އީމެއިލް [email protected] އަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. ރަޖިސްޓްރީވާން އެދޭ ފޯރމް މި އިދާރާއިންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ.

19 އޮކްޓޫބަރު 2026
ހޯދާ