ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ކުޅުދުއްފުށީ ޤުރުއާން މުބާރާތް 1448" އާއި ގުޅޭ

މުއްދަތު އިތުރުކުރެވިފައި

ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "ކުޅުދުއްފުށީ ޤުރުއާން މުބާރާތް 1448" 2026 ނޮވެމްބަރ 05 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގެ އަންހެނުންނަށް އަދި ފިރިހެނުންނަށް ޚާއްޞަ ބައިގައި ބައިވެރިވެފައިވާ އަދަދު މަދުވުމުން، މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި 22 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް އިތުރުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

      ވީމާ މި 02 ބައިގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އަމިއްލަ ގޮތުން ފޯމް ފުރުއްވުން އެދެމެވެ.

 

ފޯމް ލިންކް: https://kunbuti.gov.mv/forms/34

(ކުންބުޓި ޕޯޓަލް – ހިދުމަތްތައް – އާންމު - 1448ވަނަ އަހަރުގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް)

ޤަވާޢިދު ލިންކް: https://shorturl.at/BEg5S

 

މި މުބާރާތާބެހޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6527170 ނުވަތަ 1621 އަށެވެ.

19 އޮކްޓޫބަރު 2026
ހޯދާ