ދިވެހިރާއްޖެ
މި އިދާރާގެ ޕްރިންސިޕަލް ނޭޝަނަލް އިންފޮރމޭޝަން ޓެކްނޮލޮޖީ އިންޖިނިއަރ މަޤާމަށް ކުރިމަތިލުމަށް 07 އޮކްޓޫބަރ 2026 ގައި ކުރެވުނު ނަންބަރު (IUL)1137-HR/1/2026/75 އިއުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަކަށް ޝަރުތު ހަމަވާ ފަރާތްތަކުން ކުރިމަތިލާފައިނުވާތީ، މި މަޤާމަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
|
މަޤާމް: |
ޕްރިންސިޕަލް ނޭޝަނަލް އިންފޮރމޭޝަން ޓެކްނޮލޮޖީ އިންޖިނިއަރ |
|
ބޭނުންވާ އަދަދު: |
01 (އެކެއް) |
|
ވަޒީފާ އަދާކުރަންޖެހޭ ތަން: |
މޯލްޑިވްސް ޑިޖިޓަލް ސަރވިސް / މާލެ، ދިވެހިރާއްޖެ
|
|
މި މަސައްކަތާގުޅޭ މައުލޫމާތު ހިމެނޭ ގޮތައް ތައްޔާރުކުރެވިފައިވާ ޓަރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ. |
|
|
މަޤާމަށް އެދި ހުށަހަޅުއްވަންވީ ގޮތާއި ސުންގަޑި: |
|
|
މި ވަޒީފާއަށް ޝައުޤުވެރިވެލައްވާ ބޭފުޅުން 27 އޮކްޓޫބަރ 2026 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ޓަރމްސް އޮފް ރިފަރަންސްގައި ބަޔާންކުރެވިފައިވާ ލިޔެކިއުންތަކާއި އެކު މިއޮފީހުގެ އީމެއިލް: [email protected] ފޮނުއްވުން އެދެމެވެ. އީމެއިލް ލިބުނުކަމުގައި ބަލާނީ މި އިދާރާއަށް އީމެއިލް ލިބިފައިވާ ގަޑިއެވެ. |
|
|
މި ޢިއުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3344000 އަށެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.
|
|
