ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ. މާއެނބޫދޫ ކައުންސިލް އިދާރާގެ ވަށާފާރު ރޭނުމާއި ގޭޓު ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢްލާން

ދ. މާއެނބޫދޫ ކައުންސިލް އިދާރާގެ ވަށާފާރު ރޭނުމާއި ގޭޓު ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

މި އިދާރާގެ ވަށާފާރު ރޭނުމާއި ގޭޓު ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު

އިޢްލާން ނަންބަރު 21/(IUL)380/2026 (30 ސެޕްޓެމްބަރ 2026) ގެ އިޢްލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމަށް 3 (ތިނެއް) ފަރާތަށްވުރެ މަދުން ޙާޟިރުވެފައިވާތީ އެއިޢްލާން ބާޠިލު ކުރުމަށްފަހު އަލުން އެމަސައްކަތް ކޮށްދޭއްނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރި ވެލައްވާ ފަރާތްތަކުން، އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ރަޖިސްޓްރީވުމާއި، މަޢުލޫމާތު ދިނުމާއި، އަންދާސީ ހިސާބު ހުށަހެޅުން

  1. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން " އަންދާސީ ހިސާބު ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރުމަށްފަހު ކައުންސިލްގެ އީމެއިލް  [email protected]އަށް ފޮނުއްވައިގެން 2026 އޮކްޓޯބަރ 26 ވާ ހޯމަ ދުވަހުގެ 10:30 ކުރިން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އަންދާސީ ހިސާބު ރަޖިސްޓްރީވިކަން ކަށަވަރުކުރުމަކީ އަންދާސީ ހިސާބަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
  2. މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ދިނުން އޮންނާނީ 2026 އޮކްޓޯބަރ 26 ވާ ހޯމަ ދުވަހުގެ 13:00 ގައި މާއެނބޫދޫ ކައުންސިލް އިދާރާގައެވެ.

  3. އަންދާސީ  ހިސާބު  ހުށަހެޅުން  އޮންނާނީ 2026 ނޮވެމްބަރ 01 ވާ އާދީއްތަ  ދުވަހުގެ 13:00 ގައި  މާއެނބޫދޫ ކައުންސިލް އިދާރާގައެވެ.

އިތުރު މަޢުލޫމާތު

1- މި އިޢްލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ކޮންމެ ފަރާތަކަށްވެސް  ހުށަހެޅޭނީ 1 އަންދާސީ ހިސާބެވެ.                                            

2- މަޢުލޫމާތު ސާފްކުރައްވަން ވަޑައި ނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.

3- ގަޑީގެފަހުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.

4- ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ.

5- ބިޑްތައް އިވެލުއޭޓް ކުރުމުގައި މާކްސް ދެވޭނީ ތިރީގައިވާ ކަންކަމަށެވެ.

މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވުމުގައި ބަލާނެ މިންގަނޑުތައް

އިންސައްތަ

ތަފްޞީލް

80%

ހުށަހަޅާފައިވާ އަގަށް: މިބަޔަށް މާކުސް ދެވޭނީ ހުށަހަޅާ އަގުތައް އިވެލުއޭޓް ކުރުމަށްފަހު، ހުށަހަޅާ ފައިވާ އެންމެ ކުޑައަގަކީ ބެންޗުމާކު ކަމުގައި ބަލައި މިބަޔަށް ކަނޑައެޅިފައިވާ % ހުރިހާ އަގެއްގެ މެދުގައި ބަހާލައިގެންނެވެ.

10%

މުއްދަތު: މިބަޔަށް މާކުސް ދެވޭނީ ހުށަހަޅާފައިވާ މުއްދަތުތައް އިވެލުއޭޓް ކުރުމަށްފަހު، ހުށަހަޅާފައިވާ އެންމެ ކުރު މުއްދަތަކީ ބެންޗުމާކު ކަމުގައި ބަލައި، މިބަޔަށް ކަނޑައެޅިފައިވާ % ހުރިހާ މުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެންމެ ގިނަ ޕޮއިންޓް ލިބޭނީ އެންމެ ކުޑަ މުއްދަތަކަށެވެ.

10%

ތަޖުރިބާ: މިބަޔަށް މާކުސް ދެވޭނީ ހުށަހަޅާފައިވާ ތަޖުރިބާގެ ލިޔުންތައް އިވެލުއޭޓް ކުރުމަށްފަހު، ގުޅުންހުރި މަސައްކަތްތައް ކަމަށް ފާސްވާ ލިޔުންތަކަށެވެ. މިގޮތުން ހުށަހަޅާ ކޮންމެ ލިޔުމަކަށް ގިނަވެގެން ދެވޭނީ 2 މާކުސްއެވެ.

އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

1. އަންދާސީ ހިސާބު

2. ވިޔަފާރި ރަޖިސްޓްރޭޝަން ކޮޕީ

3. އައިޑީކާޑު ކޮޕީ

4. މަސައްކަތު ތަޖުރިބާއަށް ލިޔުމެއް ލިބިފައިވާނަމަ އެލިޔުމެއްގެ ކޮޕީ

ހުށަހަޅަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަ ނުވާނަމަ، އަންދާސީ ހިސާބު ބާޠިލް ކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

19 އޮކްޓޫބަރު 2026
ހޯދާ