ދިވެހިރާއްޖެ
މި ދުވަސްވަރު ރުއްރުކަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާ ނުރައްކާތެރި ދެ ސޫފި ކަމަށްވާ ރުކުމަޑިއާއި ހުދު ކޫޑި ނައްތާލުމަށް ބޭނުންކުރާ "ޔޭޖިއާޗިންގް" (އެސެޓަމިޕްރިޑް + މޮނޯސަލްޓެޕް) ބޭހުގެ 500 ޕެކެޓް މި ކައުންސިލަށް މިހާރު ވަނީ ލިބިފައެވެ. މި ބޭސް ދޫކުރުމަށް ހަމަޖެހިފައިވަނީ ނަން ނޯޓުކުރާ ގެތަކުގެ މެދުގައި ހަމަހަމަކޮށް ބަހާލައިގެންނެވެ. އަދި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ގެއަކަށްވެސް ނަން ނޯޓުކުރެވޭނީ އެއް ފަހަރުއެވެ.
ވީމާ، މި ބޭސް ބޭނުންވާ ފަރާތްތަކުން 2026 އޮކްޓޯބަރ 25 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން، ތިރީގައިވާ ލިންކު މެދުވެރިކޮށް ނުވަތަ ރުކުމަޑިއާއި ހުދުކޫޑި ކޮންޓްރޯލް ކުރުމުގެ ބޭހަށް އެދޭފޯމް ފުރިހަމަކުރުމަށްފަހު ނަން ނޯޓް ކުރެއްވުން އެދެމެވެ. މި ފޯމް މިއިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.
ލިންކް: https://vaarugey.hoandedhdhoo.gov.mv/submit-service-request/service-23
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
