ކޮޅުމަޑުލު އޮމަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ތ.އޮމަދޫ ކޯޓުގެ މިހާރު ގާއިމްކުރެވިފައިވާ ކަރަންޓް ވިއުގަ އަޕްގްރޭޑްކޮށް ކޯޓުރޫމުގެ ސީލިންގ ޕީވީސީ ސީލިންގ އަށް އަމިއްލަ ތަކެތީގައި ބަދަލުކުރުމުގެ މަސައްކަތް

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 2026 އޮކްޓޯބަރ 21 ވާ ބުރާސްފަތި ދުވަހުގެ 10:30 ށް މިކޯޓަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 25 އޮކްޓޯބަރ 2026 ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން މިކޯޓަށް ނުވަތަ ނުވަތަ [email protected] :މެއިލްއަށް ކޯޓޭޝަން ފޮނުވުން އެދެމެވެ.

 

ކޯޓޭޝަންގައި މި މަސައްކަތްކޮށްދެވޭނެ އަގާއި، މުއްދަތު ހިމަނަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށައަޅުއްވާ ކޯޓޭޝަންތަކާއި، މައުލޫމާތު ފުރިހަމަނުވާ ކޯޓޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

މިއިޢުލާނާ ގުޅިގެން ކޯޓޭޝަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

 އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯނު ނަންބަރު 6780735 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

 

 

8 ޖަމާދަލްއޫލާ 1448

19 އޮކްޓޫބަރ 2026

19 އޮކްޓޫބަރު 2026
ހޯދާ