ދިވެހިރާއްޖެ
|
އިޢުލާނު |
||||||||||||||||||
|
މަޤާމު: |
ކޮމްޕިއުޓަރ ޓެކްނީޝަން |
|||||||||||||||||
|
މަޤާމުގެ ގިންތި: |
ދާއިމީ |
|||||||||||||||||
|
މަޤާމުގެ ރޭންކު: |
ޕަބްލިކް ސަރވިސް ރޭންކު 5 |
|||||||||||||||||
|
މަޤާމުގެ ކްލެސިފިކޭޝަން: |
އައިސީޓީ އޮޕަރޭޝަންސް އެންޑް ޔޫސަރ ސަޕޯޓް ޓެކްނީޝަނުން |
|||||||||||||||||
|
ޖޮބް ފެމިލީ: |
އިންފޮމޭޝަން އެނޑް ކޮމިއުނިކޭޝަންސް ޓެކްނޮލޖީ ސަރވިސް |
|||||||||||||||||
|
މިސްކޯ ކޯޑު: |
3511 |
|||||||||||||||||
|
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓް |
ބޭނުންވާ އަދަދު: 1 |
||||||||||||||||
|
މުސާރަ: |
|
|||||||||||||||||
|
އެހެނިހެން އެލަވަންސް:
|
|
|||||||||||||||||
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1. ދ.އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުން ގެންނަ ކޮމްޕިއުޓަރތައް ޓްރަބަލްޝޫޓް ކުރުން. 2. އިންހައުސްކޮށް މަރާމާތު ނުކުރެވޭ ތަކެތި މާލިއްޔަތު ޤަވާއިދާއި އެއްގޮތަށް މަރާމާތަށް ފޮނުވުމާއި މަރާމާތު ކޮށްގެން ގެންނަ ތަކެތި ޗެކްކޮށް ޙަވާލުކުރުމާއި، މަރާމާތު ނުކުރެވޭ ތަކެތި ނީލަންކިޔުމަށް ޙަވާލުކުރުން. 3. އައި.ސީ.ޓީ އާ ގުޅޭގޮތުން ދ.އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކަށް ދޭންޖެހޭ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން. 4. ދ.އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ކޮމްޕިއުޓަރ ސިސްޓަމްތަކާއި، ޕްރިންޓަރތައް އަދި ނެޓްވަރކްގެ އެންމެހާ މައްސަލަތައް ޙައްލުކުރުން. އަދި އަތޮޅުގެ ކޯޓުތަކަށް ދަތުރު ކޮށްގެން މިފަދަ މައްސަލަތައް ހައްލުކުރަންޖެހޭ ޙަލާތްތަކުގައި އެފަދަ އެންމެހާ ދަތުރުތައްކުރުން. 5. ދ.އަތޮޅު މެޖިސްޓްރޭޓް ކޯޓުތަކަށް ބޭނުންވާ އައި.ސީ.ޓީ އިކުއިޕްމަންޓްސްގެ ސްޕެސިފިކޭޝަން ތައްޔާރުކުރުން. 6. ދ.އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކަށް މުވައްޒަފުންގެ ރަސްމީ އީމެއިލް އެޑްރެސް ބޭނުންކުރެވޭނެ ގޮތް ހަދައިދިނުމާއި ބޭނުންކުރުމުގައި ދިމާވާ މައްސަލަތައް ޙައްލުކޮށްދިނުން. 7. ދ.އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި ޤާއިމްކޮށްފައިވާ އިންޓަރނެޓް ކަނެކްޝަންގައި ދިމާވާ ތަފާތު މައްސަލަތައް ޙައްލުކުރުމާއި އިންޓަރނެޓް ކަނެކްޝަން ސްޕީޑް ޗެކްކުރުމާއި، ސްޕީޑް ދަށްވާނަމަ އެކަން ސަރވިސް ޕްރޮވައިޑަރގެ ސަމާލުކަމަށް ގެނައުމާއި، މައްސަލަ ހައްލުވަންދެން މޮނިޓަރ ކުރުން އަދި ހައްލުވިކަން ކޯޓުތަކަށް އެންގުން. 8. ޑިޖިޓަލީ ރައްކާކުރެވިފައިވާ ރަސްމީ މަޢުލޫމާތުގެ ބެކަޕް ޤަވާއިދުން ނެގޭނެ އިންތިޒާމް ހަމަޖައްސައި ބެކަޕް ނެގޭތޯ ބަލައި، ނެގޭ ބެކަޕް ރައްކާތެރިކަމާއެކު ބެލެހެއްޓުން. 9. ޝަރުއީ ދާއިރާގައި ބޭނުން ކުރާ އެޕްލިކޭޝަންތަކުގެ ތެރެއިން ކޯޓުން ޔޫޒަރ ހަދަންޖެހޭ ފަރާތްތަކުގެ ޔޫޒާތައް ހެދުމުގެ އެންމެހާއި މަސައްކަތްތައް ޑީ.ޖޭ.އޭގެ ނެޓްވާރކް މެނޭޖްމަންޓް ސެކްޝަނާ ގުޅިގެން ކުރިއަށް ގެންދިއުން. 10.ޖުޑީޝަރީގައި ބޭނުންކުރާ އެޕްލިކޭޝަންތަކަށް ބޭނުންވާ އެކްސެސްތައް ހޯދާދިނުމުގައި ބޭނުންވާ އެހީތެރިކަންދިނުން. 11. ދ.އަތޮޅުނޫން އެހެން އަތޮޅެއްގެ ކޮމްޕިއުޓަރ ޓެކްނީޝަންގެ މަސްއޫލިއްޔަތުތައް ހަވާލުކުރައްވާފައިވާ ޙަލާތްތަކުގައި އެ އަތޮޅެއްގެ އައި.ސީ.ޓީ އާ ގުޅުންހުރި އިސްވެދެންނެވުން އެންމެހާ މަސައްކަތްތައް ކުރުން. 12. މިނޫންވެސް އައި.ސީ.ޓީ މަސައްކަތާ ގުޅޭގޮތުން ޑިޕާޓްމަންޓްގެ ނެޓްވާރކް މެނޭޖްމަންޓް ސެކްޝަނުން އަންގަވާ މަސައްކަތެއް ކުރުން. |
|||||||||||||||||
|
މަޤާމުގެ ޝަރުޠުތައް: |
ނުވަތަ،
|
|||||||||||||||||
|
ތަޢުލީމީ ރޮނގު |
|
|||||||||||||||||
|
ގުޅޭ ވަޒީފާގެ ދާއިރާތައް |
އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޯލޮޖީއާ ގުޅުންހުރި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް. |
|||||||||||||||||
|
އެހެނިހެން ޝަރުޠު |
2.1 ކާފަ ނުވަތަ މާމަ (ދޮންކާފަ އަދި ދޮންމާމަ ހިމެނޭ ގޮތަށް)؛ ނުވަތަ 2.2 މަންމަ ނުވަތަ ބައްޕަ (ދޮންމަންމަ އާއި ދޮންބައްޕަ ހިމެނޭ ގޮތަށް)؛ ނުވަތަ 2.3 ދައްތަ ނުވަތަ ބޭބެ (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި ދޮން މަންމަ ނުވަތަ ދޮންބައްޕަގެ ދަރިން)؛ ނުވަތަ 2.4 އަނބިމީހާ ނުވަތަ ފިރިމީހާ؛ ނުވަތަ 2.5 ދަރިން (ކާފަ ދަރިންނާއި މާމަދަރިން އަދި ދޮންދަރިންވެސް ހިމެނޭގޮތަށް)؛ |
|||||||||||||||||
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ރ) ދަޢުލަތުގެ އުވާލާފައިވާ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 6 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް". |
|||||||||||||||||
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
|||||||||||||||||
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 28 އޮކްޓޫބަރު 2026 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި ބަޔާންކުރެވުނު ކްލަސްޓަރ ކޯޓުގެ ކައުންޓަރުން ފޯމް ބަލައިގަންނާނެ ވާހަކަ ދެންނެވީމެވެ. އަދި، އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ދުވަސް އިތުރުކުމަށްފަހު ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
|||||||||||||||||
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާނާއި އަދި ޕްރެޒެންޓޭޝަން އޮންނާނީ، 29 އޮކްޓޫބަރު 2026 ން 15 ނޮވެމްބަރު 2026 އާ ދެމެދު، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގައެވެ. |
|||||||||||||||||
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
ސްކްރީނިންގ ޕްރޮސެސް ނިމުމުން "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި ޑިޕާޓްމަންޓުގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
|||||||||||||||||
މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ޑިޕާޓްމަންޓުން ހޯދުމާމެދު އިޢުތިރާޒް ނުކުރާނަމައެވެ. |
||||||||||||||||||
