މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލުމާއި ގުޅޭ

ރ.މާކުރަތު ޕްރީސްކޫލް ބޮޑު ދޮރުތައް ބަދަލު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ބޭނުންވާ ތަކެތީގެ އަދަދު

ކުރަންޖެހޭ މަސައްކަތް

2

ބޮޑު ދޮރު އެލްމިނިއަމް އަށް ބަދަލު ކުރުން

ބޮޑުދޮރު ހެދުމަށް ބޭނުންވާ މިންތައް

  • ދޮރުގެ ދިގުމިން: 2580 މީޓަރު
  • ދޮރުފަތުގެ ދިގުމިން: 2025 މީޓަރު
  • ފުޅާމިން: 875 މީޓަރު

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 25 އޮކްޓޯބަރ 2026 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ކައުންސިލް އިދާރާގެ ކައުންޓަރަށް ނުވަތަ އީމެއިލް މެދުވެރިކޮށް ([email protected]) ށް ކޯޓޭޝަން ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި ކޯޓޭޝަން ހުށަހަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ކަންތައްތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

  1. މަސައްކަތަށް ކަނޑައަޅާ އަގު އެނގޭނެ ގޮތަށް ތަފްސީލާއެކު ކޯޓޭޝަން ހުށަހެޅުން.
  2. މިމަސައްކަތްތަކަށް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ

ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މި އިއުލާނާއެކު ކުރެހުމާއި މިންތަކުގެ ތަފްޞީލް އާންމު ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

18 އޮކްޓޫބަރު 2026
ހޯދާ