ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގއ. ވިލިނގިލިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލުމާއި، ގުޅިގެން ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް ޢާއްމުކުރުން
ގއ. ވިލިނގިލިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް 31 ޑިސެމްބަރ 2024 ގައި ކުރެވުނު މިއިދާރާގެ ނަންބަރު (IUL)407/407/2024/66 އިޢުލާނާ ގުޅިގެން ފޯމް ހުށަހެޅި ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައި، 24 ސެޕްޓެމްބަރ 2026 ގައި ކުރެވުނު މިއިދާރާގެ ނަންބަރ (IUL)407-ESM/407/2026/18 އިޢުލާނާ ގުޅިގެން ލިބުނު ޝަކުވާތަކާއި، ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކުން ލިބުނު މަޢުލޫމާތުތަކަށް ރިޢާޔަތްކުރުމަށްފަހު، ވަގުތީ ލިސްޓަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އެކުލަވާލެވިފައިވާ ގއ. ވިލިނގިލިން ބަންޑާރަ ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު، މި އިޢުލާނާއެކު ޢާންމުކުރީމެވެ.
18 އޮކްޓޫބަރު 2026
ހޯދާ
