މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން
ދިވެހިރާއްޖެ
ގަވާއިދު ނަންބަރު: 2022/R-125 (ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދު) ގެ ދަށުން ރަށް ނުވަތަ ފަޅު ކުއްޔަށް ދިނުމަށް ލީޒް އެކުއިޒިޝަން ކޮސްޓް ކަނޑައެޅުމާއި ގުޅޭ.

މި ވުޒާރާގެ އިޢުލާން ނަންބަރު (IUL)88-PS/88/2025/323 (29 ޖޫން 2025) އާ ޙަވާލާދީ ދަންނަވަމެވެ.

ގަވާއިދު ނަންބަރު: 2022/R-125 (ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދު) ގެ ދަށުން، ޙަވާލާދީފައިވާ އިޢުލާނުގައި ޝާޢިއުކުރެވިފައިވާ ތިލަދުންމަތީ އުތުރުބުރި (ހއ)، ތިލަދުންމަތީ ދެކުނުބުރި (ހދ)، މިލަދުންމަޑުލު އުތުރުބުރި (ށ)، ކޮޅުމަޑުލު (ތ)، ހައްދުންމަތި (ލ) އަދި އައްޑޫ އަތޮޅުގެ ރަށް އަދި ފަޅު ކުއްޔަށް ދިނުމަށް ކަނޑައެޅިފައިވާ ލީޒް އެކުއިޒިޝަން ކޮސްޓް ހިސާބުކުރުމަށް ކަނޑައަޅާފައިވާ ރޭޓްތައް އިސްލާޙުކުރުމަށް ފަހު އާންމުކޮށް އިޢުލާންކުރަމެވެ.

ބަދަލު ގެނެވިފައިވާ ކޮންސެޝަން ރޭޓްތަކަކީ ހަމައެކަނި ހއ، ހދ، ށ، ތ، ލ އަދި އައްޑޫ ސިޓީގެ ރަށްރަށަށް ހާއްސަ ރޭޓުތަކެކެވެ. އަދި މި ލުއިތައް ދެމިއޮންނާނީ އިޢުލާން ނަންބަރު (IUL)88-PS/88/2025/323 (29 ޖޫން 2025) ޝާއިޢުކުރި ދުވަހުން ފެށިގެން ދެ (2) އަހަރުގެ މުއްދަތަށެވެ.

18 އޮކްޓޫބަރު 2026
ހޯދާ