ދިވެހިރާއްޖެ
(IUL)403-A/403/2026/131 :ނަންބަރު
އިޢުލާން
ލ.މާމެންދޫ ވޭސްޓް މެނޭޖްމެންޓް ސެންޓަރަށް ބޭނުންވާ ޕެޓްރޯލް އަދި ޑީސަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން
ލ.މާމެންދޫ ވޭސްޓް މެނޭޖްމެންޓް ސެންޓަރަށް ބޭނުންވާ ޕެޓްރޯލް އަދި ޑީސަލް މީލާދީ 1 (އެކެއް) އަހަރު ދުވަހަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
|
ތަފްޞީލް |
ދުވަސް |
ތަން |
|
|
ބީލަމުގައި ރަޖިސްޓްރީވުން |
25 އޮކްޓޫބަރު 2026 ވާ އާދިއްތަ ދުވަހުގެ 13:00 އާއި ހަމައަށް |
ލ.މާމެންދޫ ކައުންސިލް އިދާރާ |
|
|
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
މި ބީލަމާ ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ. |
||
|
ބީލަން ހުށަހެޅުން |
28 އޮކްޓޫބަރު 2026 (ބުދަ) |
11:30 ގައި |
ލ.މާމެންދޫ ކައުންސިލް އިދާރާ |
މި ޕްރޮޖެކްޓާއިބެހޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 25 އޮކްޓޫބަރު 2026 ވާ އާދިއްތަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ހުށަހެޅުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް ކައުންސިލް އިދާރާއިންނާއި ފޭސްބުކް ޕޭޖުން އިޢުލާނާއިއެކު ލިބެން ހުންނާނެއެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ބީލަން ރަޖިސްޓްރީވުމަށްދީފައިވާ މުއްދަތުގައި ބީލަމަށް ރަޖިސްޓްރީކޮށް އަދި ބީލަންފޮތް ވިއްކުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ބީލަންފޮތް ގަންނަ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ. އޮންލައިންކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް ފޯމް މެއިލް ކުރެވިދާނެއެވެ. ބީލަން ފޮތް 19 އޮކްޓޫބަރު 2026 ވާ ހޯމަ ދުވަހުން ފެށިގެން 27 އޮކްޓޫބަރު 2026 ވާ އަންގާރަ ދުވަހުގެ 12:00 އާ ހަމައަށް މި އިދާރާއިން ގަންނަން ލިބޭނެއެވެ.
ބީލަން ފޮތުގެ އަގަކީ -/100 (ސަތޭކަ) ރުފިޔާ އެވެ.
* ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ / ލ.މާމެންދޫ
* އީމެއިލް: [email protected]
* ފޯން: 6800705
ވީމާ، މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް، ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.
07 ޖުމާދަލްއޫލާ 1448ހ
