ދިވެހިރާއްޖެ
އިޢުލާން
މާލޭގެ އަދި ވިލިމާލޭގެ އާބާދީއަށް ބޭނުންވާ އުމްރާނީ ތަރައްޤީގެ މަސައްކަތް ކުރުމަށާއި، އިންފްރާސްޓްރަކްޗަރގެ ޚިދުމަތް ދިނުމަށާއި، އެ ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް ބެލެހެއްޓުމަށް ކޮންމެހެން ބޭނުންވާ ބިންތަކުގައި އެ ކަމާކާ ގުޅުންހުރި މަޝްރޫޢުތައް ހިންގުމަށްޓަކައި ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރިކަޒީ އުޞޫލުން ހިންގުމުގެ ގާނޫނު)ގެ 56-2 ވަނަ މާއްދާގެ (ނ) އަދި (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މި އިޢުލާނާއެކު އެއްކަރުދާސްކޮށްފައިވާ ލިސްޓުގައި ބަޔާންކޮށްފައިވާ ބިންތައް ކައުންސިލްގެ އިޚްތިޞާޞުން ވަކިކޮށް، ދައުލަތުގެ މިލްކިއްޔާތުގެ ގޮތުގައި ކަނޑައެޅުމަށް ހަމަޖެހިފައިވާކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ. މި މަޝްރޫޢުތަކާއި ގުޅޭގޮތުން ޚިޔާލެއް ނުވަތަ ޝަކުވާ ހުށަހެޅުމަށް އެއްވެސް ފަރާތަކުން ބޭނުންވާނަމަ މިއަދުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އެކަން މި މިނިސްޓްރީއަށް ލިޔުމުން ހުށަހެޅުމަށް ދަންނަވަމެވެ.
___________________
15 އޮކްޓޫބަރު 2026
