މާމެންދޫ ސްކޫލް، ލ.މާމެންދޫ
ދިވެހިރާއްޖެ
ޕްރިންޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ސްކޫލަށް ޕްރިންޓަރގެ މަޤާމަށް މީހަކު ބޭނުންވެގެން ކުރި GS-189/IUL/2016/08 ނަންބަރުގެ އިޢުލާނު ބާޠިލްކުރުމަށްފަހު، އަލުން އިޢުލާނުކުރީމެވެ.

މަޤާމް:

ޕްރިންޓަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ރޭންކް:

އެސް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

މުސާރަ:

-/3875 ރުފިޔާ

ސަރވިސް އެލަވަންސް:

-/1000 ރުފިޔާ

ވަޒީފާ އޮތް އޮފީސް:

ލ. މާމެންދޫ ސްކޫލް

މަޤާމުގެ ގިންތި:

ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:

ލ. މާމެންދޫ ސްކޫލް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ސްކޫލުގައި ދުވަހުން ދުވަހަށް ޗާޕްކުރަންޖެހޭ ވަރކް ޝީޓްތަކާއި، ޔުނިޓް ޓެސްޓާއި، ޓަރމް ޓެސްޓާއި، އެހެނިހެން ޑޮކިއުމަންޓްތައް ޕްރިންޓް ކުރުން.
  2. ސްކޫލުގައި ޕްރިންޓްކުރެވޭ ވަރކް ޝީޓްތަކާއި، ޔުނިޓް ޓެސްޓާއި، ޓަރމް ޓެސްޓާއި، އެހެނިހެން ޑޮކިއުމަންޓްތަކުގެ ރެކޯޑް ބެލެހެއްޓުން.
  3. ސްކޫލުން ޗާޕްކުރަންޖެހޭ ޓެސްޓް ޕޭޕަރުތަކާއި، ވަރކް ޝީޓްތަކާއި، މިނޫން އެހެނިހެން އެންމެހައި ލިޔެކިޔުންތައް، ކަނޑައެޅިފައި އޮންނަ އުޞޫލުން ޗާޕްކޮށް، ހީރަސްޖަހަންޖެހޭ ތަކެތި ހީރަސްޖަހުމާއި، ސްކޫލުން ތައްޔާރުކުރާ ޓެސްޓް ޕޭޕަރުތަކާއި ވަރކް ޝީޓްތަކާއި، މިނޫން އެހެނިހެން އެންމެހައި ލިޔެކިއުންތަކަކީ، އޭގެ ސިއްރު ހިފަހައްޓަންޖެހޭ ތަކެތިކަން ދަނެ، އެ ތަކެއްޗާބެހޭ އެއްވެސް މަޢުލޫމާތެއް ފޯރުކޮށްދެންޖެހޭ ފަރާތަކަށް މެނުވީ ހާމަނުކުރުމާއި، ރައްކާތެރިކަމާއެކު އެފަދަ އެންމެހައި ތަކެތި ބެލެހެއްޓުން.
  4. ޗާޕްކުރުމަށާއި ފޮޓޯކޮޕީ ހެދުމަށް ސްޓޮކުން ނަގާފައި ހުންނަ ކަރުދާސް، ދެލި، ޓޯނާ، ކާރޓްރިޖް، މާސްޓާރ ފަދަ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން. އަދި ހުސްވުމުގެ ކުރިން ދުރާލާ ތަކެތި ހޯދުމަށް އަންގަންޖެހޭ ފަރާތައް އެންގުން.
  5. ޕްރިންޓްކުރާ މެޝިނާއި ފޮޓޯކޮޕީ މެޝިންތައް ސަފުކޮށް ބެލެހެއްޓުމަކީ މައްސަލަތައްޖެހުން މަދުކުރެވޭނެ ކަމެއްކަން ގަބޫލްކޮށް، މެޝިންތައް ހަޑިވިޔަނުދީ ބެލެހެއްޓުން.
  6. ޗާޕްކޮށް ފޮޓޯކޮޕީ ހަދާ މެޝިންތަކުގެ ޙާލަތު ބަލައި، ސްކޫލުގެ އިސްވެރިޔާއަށް ނުވަތަ ފައިސާއާބެހޭ އިސްވެރިޔާއަށް ކަމާބެހޭ މަޢުލޫމާތު ދުވަހުން ދުވަހަށް ފޯރުކޮށްދިނުން.
  7. ސްކޫލުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ސްކޫލުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ މަޤާމާ ގުޅޭ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުޠު:              

  1. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އައި.ޓީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު؛ މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުގެ ކުރިއެރުން ޙައްޤުވާ މާކްސް ލިބެމުންދިއުމާއެކު، އެސް.އެސް. 2 ގެ ރޭންކުގެ ޝަރުޠު ފުރިހަމަވެ، އެ ރޭންކުގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އެސް. އެސް. 3 ގެ ރޭންކާ އެއްފެންވަރެއްގެ މަޤާމެއްގައި ނުވަތަ އެއަށްވުރެ މަތީރޭންކަކާ އެއްފެންވަރެއްގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ އެފެންވަރުގެ މަޤާމެއްގައި މަސައްކަތްކުރަމުންދާ މީހެއްކަމުގައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1- ލިބިފައިވާ ތަޢުލީމާއި ތަމްރީނު.

2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާއާއި، މަސައްކަތުގެ ހުނަރާއި، ޤާބިލްކަމާއި، ފެންވަރު.

3- ރަނގަޅު ޞިއްޙަތެއްގައިހުރި ސާފުތާހިރުކަމަށް ލޯބިކުރާ މީހަކަށްވުން.

4- ގިނަވަގުތު މަސައްކަތުގައި އުޅެވޭ، ވަގުތަށް ފަރުވާތެރި މީހަކަށްވުން.  

އިންޓަވިއު ކުރުން:

ހ. 6 މާރިޗު 2016 ގައި މި މަޤާމުގެ އިންޓަވިއު ކުރެވޭނެއެވެ. އިންޓަވިއު އޮންނާނީ، މާމެންދޫ ސްކޫލުގައެވެ. ހަމަޖެހިފައިވާ ތާރީޚަށް ބަދަލެއް އަތުވެއްޖެނަމަ، ޝަރުޠު ހަމަވި ފަރާތްތަކަށް އެކަން އަންގަމުން ދާނެއެވެ.

ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv/category/forms  އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)

2- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

3- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

4- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (ރަސްމީ އިދާރާއަކުން އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ)

5- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް

6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މާމެންދޫ ސްކޫލުގެ އިދާރާއަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މާރިޗު  3 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މާމެންދޫ ސްކޫލުގެ 680549 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

13 ޖުމާދަލްއޫލާ 1437

22 ފެބުރުވަރީ 2016
ހޯދާ