|
އިޢުލާން
މިވުޒާރާގެ ނަންބަރު (IUL)491-CDS5/491/2026/159 (1 އޮކްޓޫބަރު 2026) އިއުލާނަށް އެއްވެސް ފަރާތެއް އައްޔަން ވެފައިނުވާތީ، އަލުން އިއުލާނުކުރީމެވެ.
|
|
މަޤާމް:
|
އާކިޓެކްޓް (ވަގުތީ)
|
|
މަޤާމުގެ ނަންބަރު:
|
-
|
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
|
މަޤާމުގެ ގިންތި:
|
ވަގުތީ (ކޮންޓްރެކްޓް – 6 މަސް ދުވަސް )
|
|
މަޤާމުގެ ރޭންކް:
|
ޕަބްލިކް ސަރވިސް ރޭންކް 8
|
|
ޑިޕާޓްމަންޓް / ސެކްޝަން:
|
ކޮންސްޓްރަކްޝަން އިންޑަސްޓްރީ ރެގިއުލޭޓަރީ ޑިޕާޓްމަންޓް / ކޮންސްޓްރަކްޝަން ކޮމްޕްލައެންސް ސެކްޝަން
|
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
|
|
މުސާރަ:
|
މަހަކު -/18،945 ރުފިޔާ
|
|
މަޤާމުގެ އެލަވަންސް:
|
މަހަކު -/10،850 ރުފިޔާ
|
|
ހާޒިރީ ޢިނާޔަތް:
|
ހާޒިރުވާ ދުވަހަކަށް 295/- ރުފިޔާ
|
|
އެހެނިހެން އެލަވަންސް:
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ކޮންސްޓުރަކްޝަން ކޮމްޕުލައެންސް ޔުނިޓްގެ މަސައްކަތްތައް ސެކްޝަނާއި ހަވާލުވެ ހުންވާ ވެރިއެއްގެ އިރުޝާދާއި އެއްގޮތަށް ރާވާ، ހިންގާ ބަލަހައްޓާ، ރިޕޯޓް ކުރަން ބޭނުންވާ އެންމެހައި މަސައްކަތްތައް ކުރުން.
- ޢިމާރާތަކާ ބެހޭގޮތުން މިނިސްޓްރީއަށް ހުށަހަޅާ މައްސަލަތައް ސެކްޝަނާއި ހަވާލުވެ ހުންވާ ވެރިއެއްގެ އިރުޝާދާއި އެއްގޮތަށް މައްސަލަ ބަލާ އެކަމާއި ގުޅިގެން ހަދަންޖެހޭ އެސެސްމަޓް ތައްހަދާ މިކަމާއި ގުޅިގެން ފިޔަވަޅު އަޅަން ޖެހޭ ފަރާތެއްވަނީނަމަ އެފަރާތަކާއި މެދު ފިޔަވަޅު އެޅުމަށް އެންގުން.
- ރާއްޖޭގެ ކޮންސްޓްރަކްޝަން ސެކްޓަރާ ބެހޭގޮތުން ޑްރާފްޓްކުރާ ޤާނޫނުތަކާއި ޤަވާޢިދުތައް އެކުލަވާލުމުގައި މަޝްވަރާދިނުމާއި، އެފަދަ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ކަންތައްތައް ސެކްޝަނާއި ހަވާލުވެ ހުންވާ ވެރިއެއްގެ އިރުޝާދާއި އެއްގޮތަށް ބަލަހައްޓައ،ި ހިންގުން. އަދި މި ޤާނޫނާއި ޤާނޫނުގެ އެކުލަވާލައިފައިވާ ގަވާއިދުތަކުގެ އެވެއާނަށް ތަކުގައި ބައިވެރިވެ ހިންގުމުގައި އެހީތެރިވުން.
- ޕްރޮފެޝަނަލް އިންޖިނިއަރުން އަދި އާރކިޓެކްޓުންގެ މަސައްކަތްތައް ޤާނޫނާއި ގަވާއިދުތަކާއި ކޮމްޕުލައިވޭތޯ ސެކްޝަނާއި ހަވާލުވެހުންނަވާ ވެރިއެއްގެ އިރުޝާދާއި އެއްގޮތަށް އެފަރާތްތަކުގެ މަސައްކަތް ރެންޑަމްކޮށް ބަލާ، ރިޕޯޓު ތައްޔާރުކޮށް ކޮމްޕޮލައިނުވާނަމަ ފިޔަވަޅުއަޅަން މައްސަލަބަލާ ކޮމެޓީއަށް ފޮނުވުން. އަދި ކޮމެޓީގެ ނިންމުން އަންގަންޖެހޭ ފަރާތްތަކަށް އެންގުން
- މިނިސްޓްރީ އިން ހުށަހަޅާ / ބަލަމުންދާ މައްސަލައަކާއި ގުޅިގެން ނިންމާ ނިންމުމަކުން ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ލިސްޓަށް ބަދަލެއް ގެންނަންޖެހޭނަމަ ސެކްޝަނާއި ހަވާލުވެ ހުންވާ ވެރިއެއްގެ އިރުޝާދާއި އެއްގޮތަށް އެކަން އަންގަންޖެހޭ ފަރާތްތަކަށް އެންގުން.
- މިނިސްޓްރީއަށް ހުށަހަޅާ ކުރެހުންތަކަކީ މިނިސްޓްރީއިން އެކުލަވާލާ ތަސްދީޤު ކޮއްފައިވާ ޤާނޫނު، ގަވާއިދު، ކޯޑްސް އަދި ސްޓޭންޑަރޑްސް އަށް ފެތޭ ކުރެހުންތަކެއްތޯ ބަލާ އަދި ޤާނޫނާއި ގަވާދުތަކާއި، ކޯޑްސް އަދި ސްޓޭންޑަރޑްސް އަށް ކޮމްޕްލައި ނުވާނަމަ ސެކްޝަނާއި ހަވާލުވެހުންނަވާ ވެރިއެއްގެ އިރުޝާދާއި އެއްގޮތަށް އެ ކުރެހުމެއް ފަރުމާކޮއްފައިވާ ފަރާތްތަކަކާއި މެދު ފިޔަވަޅުއެޅުން.
- ޢިމާރާތަކާ ބެހޭގޮތުން މިނިސްޓްރީގެ މައްސަލަބަލާ ކޮމެޓީއަށް ހުށަހެޅޭ މައްސަލަތައް ސެކްޝަނާއި ހަވާލުވެހުންނަވާ ވެރިއެއްގެ އިރުޝާދާއި އެއްގޮތަށް މައްސަލަ ބަލާ މުޠާލިއާކުރުން އަދި މައްސަލައާގުޅިގެން ހޯދަންޖެޖެހޭ ހޯދުންތައް ހޯދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތަށް ހިންގާ އަދި މި މަސައްކަތްތައް ކުރުން. އަދި މި މައްސަލައާއި ގުޅިގެން އެކުލަވާލާ ރިޕޯޓު ކޮމެޓިއަށް ހުށަހެޅުން.
- ޔުނިޓައް އަންނަ ސިޓީ ތަކަށް ޖަވާބު ދިނުން.
- އެޕީލް ކޮމެޓީއަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން.
|
|
މަޤާމުގެ ޝަރުޠުތައް:
|
- މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން.
ނުވަތަ ؛
2. މާޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8ގެ ޑިގްރީއެއް ނުވަތަ ބެޗެލަރސް އޮނަރސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
- އާކިޓެކްޗަރަލް ކޮންޒަރވޭޝަން
- އާކިޓެކްޗަރަލް ޑިޒައިން
- އާކިޓެކްޗަރަލް ސައިންސް
- އާކިޓެކްޗަރަލް ސްޓަޑީޒް
- އާކިޓެކްޗަރަލް ޓެކްނޯލޮޖީ
- އާކިޓެކްޗަރ
- ކޮންޒަރވޭޝަން އާކިޓެކްޗަރ
- އިންޓީރިއަރ އާކިޓެކްޗަރ
- ލޭންޑްސްކޭޕް އާކިޓެކްޗަރ
- ސަސްޓެއިނަބަލް އާކިޓެކްޗަރ
މަޤާމާއި ގުޅޭ ވަޒީފާގެ ދާއިރާތައް:
އާކިޓެކްޗަރ ދާއިރާގެ ޢަމަލީ މަސައްކަތްތަކާއި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް.
|
|
މަގާމަށް ޢައްޔަންކުރާއިރު ބޭނުންވާ ލައިސަންސްތަކާއި ފުރިހަމަކުރުން ލާޒިމު ތަމްރީނުތައް
|
"އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު" ގެ ދަށުން ރަޖިސްޓަރީކޮށް ހުއްދަ ލިބިފައިވުން.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (އިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
|
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:
|
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިސްލާހު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 އޮކްޓޫބަރު 2026 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް (ދަރުބާރުގެ، މާލެ) ގެ ކައުންޓަރަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމްތައް އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ފީ.ޑީ-އެފް (PDF) ފޯމެޓްގައި ފޮނުއްވުމަށް ދެންނެވީމެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
|
ޝޯޓްލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރިއިން އެންމެ މަތިން މާކުސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
|
އިންޓަވިއު އަދި އިމްތިހާން އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިހާނު އޮންނާނީ 21 އޮކްޓޫބަރު 2026 އާއި 12 ނިވެންބަރު 2026 އާއި ދެމެދު، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް (ދަރުބާރުގެ / މާލެ) ގައެވެ.
|
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)"އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެވެ.
|
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 4004900 ނަންބަރު ފޯނަށް ނުވަތަ އީ-މެއިލް [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
|