ދިވެހިރާއްޖެ
އިޢުލާން
ދިދަ ޕޯސްޓް ރީ-ލޮކޭޓްކޮށް ނަންބޯޑު ބަދަލުކުރުމުގެ މަސައްކަތް
މި ކޯޓު ގޯތީގައި މިހާރު ހަރުކޮށްފައި ހުރި ދެ ދިދަ ދަނޑި ރީ-ލޮކޭޓްކޮށް މި ކޯޓުގެ ނަންބޯޑު ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ. މި މަސައްކަތާ ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރާ ފަރާތްތަކާ ޙިއްޞާކުރެވޭނެއެވެ.
މި މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ 2026 އޮކްޓޫބަރު 18 ވަނަ ދުވަހުގެ 11:00 ގެ ކުރިން މި ކޯޓުގެ ނަންބަރު 6740655 ފޯނަށް ގުޅުއްވުން ނުވަތަ މި ކޯޓުގެ އީ-މެއިލް އެޑްރެސް [email protected] އަށް އީ-މެއިލް ކުރެއްވުން އެދެމެވެ.
އަދި މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2026 އޮކްޓޫބަރު 19 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި ކޯޓުގެ އީ-މެއިލް [email protected] އަށް ނުވަތަ ކޯޓުގެ ވައިބަރ އެކައުންޓަށް ނުވަތަ ރަސްމީ ގަޑީގައި ކައުންޓަރަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.
03 ޖުމާދަލްއޫލާ 1448
14 އޮކްޓޫބަރު 2026
