ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލަކުޑި ނީލަން ކިއުން

ލަކުޑި ނީލަން ކިއުން

 

ކައުންސިލް އިދާރާގެ ކުރިމަތީގެ ބިންސާފު ކުރި އިރުގަ ނެގުނު ރުއްގަސް އަދި ދިރާގު އެންޓަނާ ދިމާލުން ޕޮލިސް ސްޓޭޝަން އެޅުމަށް ދެވިފައިވާ ބިމުން ނެގުނު ރުއްގަސް، ނީލަންކިޔުން 2026 އޮކްޓޯބަރ 19  ވާ ހޯމަ ދުވަހުގައި އޮންނާނެއެވެ.

ނީލަން ކިޔާތަން

ތާރީޙް

ގަޑި

ނީލަންކިޔުން އޮންނަ ތަން

ތަފްސީލް

19 އޮކްޓޯބަރ 2026

10:00

ދިރާގު އެންޓަނާ ސަރަޙައްދު

ރުއް އަދި ގަހުގެ ލަކުޑި

19 އޮކްޓޯބަރ 2026

10:30

ކައުންސިލުގެ އިދާރާ ކުރިމަތި

ރުއް ލަކުޑި

ނީލަމުގައި ބައިވެރިވެލައްވައި މުދާ ބައްލަވައިގަންނަވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު އެނގިލައްވާ ރަސްމީ ލިޔުމެއްހިފައިގެން ވަޑައިގެންދެއްވުމަށް ސަމާލުކަންދެއްވުމަށް ދަންނަވަމެވެ. ނީލަމުން ބައްލަވައިގަންވާ ތަކެތި ދޫކުރެވޭނީ ބައްލަވައިގެންފައިވާ މުދަލަށް ދައްކަވަންޖެހޭ ފައިސާ މިކައުންސިލަށް ޖަމާކޮށްދެއްވުމުންކަމުގައި ދަންނަވަމެވެ.

ނީލަމުން ބައްލަވައިގަންނަވާ ތަކެތީގެ އަގަށްވާ ފައިސާ 2026 އޮކްޓޯބަރ 21  ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސލްގެ ބީއެމްއެލް އެކައުންޓަށް ޖަމާކުރަންވާނެއެވެ.

އެކައުންޓް މައުލޫމާތް

އެކައުންޓް ނަން:  1473 REVENUE 1

އެކައުންޓް ނަންބަރ: 7710700308001

ފައިސާ ދެއްކުމަށްފަހު ފައިސާދެއްކި ސްލިޕް 7630831 ނަންބަރަށް ވައިބަރ ކުރަންވާނެއެވެ.

ނީލަން ކާމިޔާބުކުރި ފަރާތަށް މުދާ ދޫކުރެވޭނީ ދެންނެވިފައިވާ ތާރީޚްގައި ފައިސާދެއްކުމަށް ފަހުގައެވެ. ނީލަން ކާމިޔާބުކުރި ފަރާތުން އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާސްކޮށްފައި ނުވާނަމަ، އެ މުދަލެއް އަލުން ނީލަން ކިޔޭނެއެވެ. އަދި ނީލަން ކާމިޔާބު ކުރި ފަރާތްތަކުން  2026 އޮކްޓޯބަރ 25  ވާ އާދިއްތަ ދުވަހުގެ  18:00 ގެކުރިން  ތަކެތި ގެންގޮސް ނިންމަވަން ވާނެއެވެ.  ނީލަމުން ނަގާ ތަކެތި ފައިސާ ދެއްކުމަށްފަހު ދެންނެވިފައިވާ މުއްދަތުގެތެރޭގައި ނުގެންގޮސް ހުރިނަމަ، އެތަކެތި ގެންދިއުމަށް އިތުރު ފުރުސަތެއް ދިނުމަކާއިނުލައި މި އިދާރާއިން ހަމަޖައްސާ ގޮތެއްގެމަތިން ނައްތައިލެވޭނެއެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢްލާނުކުރީމެވެ.

14 އޮކްޓޫބަރު 2026
ހޯދާ