ދިވެހިރާއްޖެ
މިކޯޓުގެ ނަންބަރު 687-A/2026/24 އިޢުލާނުގައިވާ ގޮތުގެމަތިން، 03 އޮކްޓޯބަރ 2026 ވަނަ ދުވަހު ކިޔާފައިވާ ނީލަމުގައި ނުވިކި ހުރި ތަކެތި އަލުން ނީލަން ކިޔުން އައްޑުއަތޮޅު މަރަދޫ މެޖިސްޓްރޭޓް ކޯޓުގައި 25 އޮކްޓޯބަރ 2026 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 ގައި އޮންނާނެއެވެ. މި އިޢުލާނާއިއެކު ނީލަންކިޔާ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި މިތަކެތި ވިއްކުމަށް ކަނޑައަޅާފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ތާރީޚަށް މިކޯޓަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާ ބޭފުޅުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.
ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުން، 26 އޮކްޓޯބަރ 2026 ވަނަދުވަހުގެ 14:00ގެކުރިން ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯރޓަލް https://bp.finance.gov.mv މެދުވެރިކޮށް ފައިސާ ދެއްކުމަށްފަހު 03 ދުވަހުގެ ތެރޭގައި ތަކެތި ގެންދަވަންވާނެއެވެ.
ޝައުގުވެރިވެލައްވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެލެއްވުން އެދި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
