މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުރާ ކައުންސިލްގެ 4ވަނަ ޢާންމު ޤުރްއާން މުބާރާތުގެ ސްޓޭޖް އަދި ހޯލް ޑެކަރޭޝަން ކޮއްދޭނެ ފަރާތެއް ހޯދުން

މިކައުންސިލުން އިންތިޒާމްކޮށްގެން ރަށުފެންވަރުގައި ބާއްވާ އެންމެ ބޮޑު ޤުރުޢާން މުބާރާތް، 04ވަނަ ރަންތާޖު ޤުރުއާން މުބާރާތް 2027ގައި ވާދަކުރާ އެންމެ ގަދަ 10 (ދިހަ) ބައިވެރިން ހޮވުމަށްޓަކައި، ކައުންސިލްގެ 04ވަނަ ޢާންމު ޤުރުއާން މުބާރާތް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިހެންކަމުން މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ، ހުރާ ކައުންސިލްގެ ރަންކަނޑޫ މާލަމްގެ ސްޓޭޖް އަދި ހޯލް ޑެކަރޭޝަން ކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

         ވީމާ، މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން 21 އޮކްޓޯބަރ 2026ވާ ބުދަ ދުވަހުގެ 12:00ގެ ކުރިން މިކައުންސިލަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މި މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރަށްވަން ބޭނުންވާ ފަރާތްތަކުން މިކައުންސިލްގެ އީމެއިލް [email protected] އަށް މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 އޮކްޓޫބަރު 2026
ހޯދާ