އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނާ ބައްދަލުކުރުން

އާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާތަކެތި ނެގުމާއި ގޭގެ ގޯތީގައި ހައްދާފައިވާ ގަސްތައް ކޮށައި ބެލެހެއްޓުމުގެ އުޞޫލް މުރާޖާކޮށް އިސްލާހުކޮށް އަލުން އެއެއުޞޫލަށް އަމަލްކުރަންފެށުމަށް މިކައުންސިލުން މިގެންދަނީ ތައްޔާރުވަމުންނެވެ. މިއުޞޫލާމެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ބާއްވާ ބައްދަލުވުމެއް 23 އޮކްޓޯބަރު 2026 ވާ ހުކުރުދުވަހުގެ ރޭ 21:00 ގައި މިކައުންސިލްގެ އިދާރާގެ މީޓިންރޫމް ކުރަހާގޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާތަކެތި ނެގުމާއި ގޭގެ ގޯތީގައި ހައްދާފައިވާ ގަސްތައް ކޮށައި ބެލެހެއްޓުމުގެ އުޞޫލް ގެ ޑްރާފްޓް ކޮޕީއެއް މި އިއުލާނާ އެއްހީރަސްކޮށް އާންމުކުރީމެވެ.

ވީމާ "އާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާތަކެތި ނެގުމާއި ގޭގެ ގޯތީގައި ހައްދާފައިވާ ގަސްތައް ކޮށައި ބެލެހެއްޓުމުގެ އުޞޫލް" އާއިމެދު ރައްޔިތުންގެ ހިޔާލުހޯދުމަށް ބާއްވާ ބައްދަލުވުމަށް މިރަށުގެ އެންމެހާ ރައްޔިތުން ވަޑައިގެންދެއްވުންއެދި ދައުވަތުއެރުވީމެވެ.

14 އޮކްޓޫބަރު 2026
ހޯދާ