ދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ދ. އަތޮޅު ހޮސްޕިޓަލްގައި ބޭނުންކޮށް ގިނަދުވަސްވެފައިވާ އަދި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުން.

އިޢުލާނު

 

މި ހޮސްޕިޓަލްގައި  ބޭނުންކޮށް ގިނަދުވަސްވެފައިވާ އަދި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަންކިޔުން.

 

މި ހޮސްޕިޓަލްގައި  ބޭނުންކޮށް ގިނަދުވަސްވެފައިވާ އަދި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުމަށްވަނީ ހަމަޖެހިފައެވެ.  މި ތަކެތި  ނީލަންކިޔުން ކުރިއަށް ގެންދާނީ ލޮޓްތަކަށް ބަހާލެވިގެންނެވެ.  ނީލަން ކިޔުން ކުރިއަށް ދާނީ 22 އޮކްޓޯބަރ 2026 ވަނަ ދުވަހު ހެނދުނު 10:00 ގައި  ހޮސްޕިޓަލްގެ ގޯތިތެރޭ، ލޯންޑްރީ ކުރިމަތީގައެވެ.

 

v     ނީލަމުން ނަންގަވާ ތަކެތި ދޫކުރެވޭނީ ފައިސާ ދެއްކުމަށްފަހުގައެވެ. ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހޮސްޕިޓަލުގެ އޯ.ޕީ.ޑީ ކައުންޓަރުންނެވެ. ނީލަމުގެ އަގަށްވާ ފައިސާ  22  އޮކްޓޯބަރ 2026 (ބުރާސްފަތި) ދުވަހު މެންދުރު 14:00 ގެ ކުރިން ހޮސްޕިޓަލް ކައުންޓަރަށް ދައްކައި ޚަލާސް ކުރަންވާނެއެވެ.

v     ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން އެންމެ ލަސްވެގެން 24 ގަޑިއިރު ތެރޭގައި ތަކެތި ގެންދަންވާނެއެވެ. ތަކެތި ނީލަން ކިޔުމަށްފަހު ނުގެންގޮސް ހޭދަވާ ވަގުތުގައި ތަކެއްޗަށް ލިބޭ ގެއްލުމަކަށް ހޮސްޕިޓަލުން ޒިންމާ ނުވެވޭނެ ވާހަކަ ދަންނަވަމެވެ. ނީލަމުން ނެންގެވުމަށްފަހު 24 ގަޑިއިރު ތެރޭގައި ނުގެންދަވާ ތަކެތި ނައްތާލެވޭނެ ވާހަކަ ދަންނަވަމެވެ.

ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ލިސްޓް މިއިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާނެ ކަމުގައި ދަންނަވަމަވެ.

 

14 އޮކްޓޯބަރ 2026

 

14 އޮކްޓޫބަރު 2026
ހޯދާ