ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: އެސިސްޓެންޓް ލައިބްރޭރިއަން
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: GS4
މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގުރޭޑް 2
މަޤާމުގެ ނަންބަރު: 188-OD/22/2016/09
ވަޒީފާ އޮތް އޮފީސް: ހިތާދޫ ސްކޫލް، ބ. ހިތާދޫ
ވަޒީފާ އަދާކުރަންޖެހޭ ތަން/ ސެކްޝަން: ހިތާދޫ ސްކޫލް، ބ. ހިތާދޫ
ފެންވަރު ނުވަތަ ޝަރުޠު:
ޝަރުޠު |
މަޤާމުގެ އަސާސީ މުސާރަ |
ސަރވިސް އެލަވަންސް |
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ - މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛ - ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގުރޭޑް ލިބިފައި، އޭގެ އިތުރުން، ސެކަންޑަރީ ސުކޫލް ސެޓްފިކެޓް އިމްތިޙާނުން ދިވެހި މި މާއްދާއިން ދަށްވެގެން "ސީ" ގުރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
މަހަކު -/5020 ރުފިޔާ |
މަހަކު -/1،500 ރުފިޔާ |
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ލައިބްރަރީގެ އިންވެންޓްރީ ބެލެހެއްޓުން (ފޮތްތަކާއި، ފަރުނީޗަރު ހިމެނޭ ގޮތަށް)
- ލައިބްރަރީއަށް ހޯދަންޖެހޭ ފޮތްތަކުގެ އިތުރުން، މަޢުލޫމާތު ސީޑީ ފަދަ ދަރިވަރުންގެ ޢިލްމީ ހުނަރާއި މަޢުލޫމާތު މުއްސަދިކުރާނޭ ތަފާތު ތަކެތި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހޯދައި، އެ ތަކެތީގެ އިންވެންޓްރީ ބެލެހެއްޓުން.
- ލައިބްރަރީއަށް ބޭނުންވާ ފަރުނީޗަރުފަދަ ތަކެތި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހޯދުން.
- އެހެނިހެން ލައިބްރަރީތަކުން މަޢުލޫމާތު ހޯދައިގެން ލައިބްރަރީގެ އާންމު ގަވައިދެއް އެކުލަވައިލައި އެއާ އެއްގޮތަށް ޢަމަލުކުރުން.
- ލައިބްރަރީގެ ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއްދީ، އެކަން ދެމެހެއްޓުމަށް ކަމާބެހޭ ފިޔަވަޅު އެޅުން.
- ސުކޫލުން ހަވާލުކޮށްފައިވާ މަސައްކަތްތައް ސުކޫލަށް ދަތިނުވާނޭ ގޮތަކަށް އަދި ސުކޫލަށް އެންމެ ފައިދާހުރިގޮތަކަށް މަސައްކަތްތައް ރާވައިގެން ކުރުން.
- ސުކޫލުގެ ދަރިވަރުންނާއި، މުވައްޒަފުންނާއި، ސުކޫލުގެ އަގު ހިފެހެއްޓުމަށް މަސައްކަތް ކުރުން.
- ސުކޫލުގައި ކިޔަވައިދިނުމުގެ އިތުރުން ހިންގޭ އިތުރު ހަރަކާތްތަކުގައި ފުރިހަމައަށް ބައިވެރިވުމާއި، އެފަދަ ހަރަކާތްތަކުގައިވެސް ގަޑިއަށް ސަމާލުކަން ދިނުން.
- ދިވެހި ސަރުކާރުގެ ގަވައިދުތަކާއި، ދިވެހި ސިވިލް ސަރވިސްގެ ގަވައިދުތަކާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ސުކޫލުގެ ގަވައިދުތަކަށް ޙުރުމަތްތެރިކޮށް ހިތުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.
- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
- މަސައްކަތުގެ ހުނަރާއި، ޤާބިލްކަމާއި، ސިފަތައް.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި ސްކޫލުގެ ކައުންޓަރުން، ބަންދު ނޫން ކޮންމެ ދުވަހަކު ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
އިތުރުގަޑީގެ ފައިސާއާއި އެހެނިހެން ޢިނާޔަތްތައް:
އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
އިންޓަވިއު ކުރުން:
- މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށް ފަހުގައެވެ. އެހެންކަމުން، އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 8 ދުވަހުގެ ތެރޭގައި އިންޓަވިއު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަވިއު އޮންނާނީ، ހިތާދޫ ސްކޫލުގައެވެ.
- އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރުމަށްފަހު، ޝަރުޠު ފުރިހަމަވާ ފަރާތްތަކަށް އެކަންޏެވެ.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ހިތާދޫ ސުކޫލުގެ އޮފީހަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ފެބުރުވަރީ 28 ވާ އާދީއްތަ ދުވަހުގެ 12:00 އެވެ.
ނޯޓް:
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު، އޭގެ ތެރެއިން އެންމެމަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދިނުމުގެ މަސައްކަތް ކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސުކޫލުގެ 6600314 ނަންބަރު ފޯނާ ގުޅުން އެދެމެވެ.
13 ޖުމާދަލްއޫލާ 1437