ދިވެހިރާއްޖެ
ހުއިފި ލަނޑާ ކައްކާ ހިއްކުމާއި، މަހުގެ ބާވަތްތައް ޕްރޮސެސްކުރުމަށް ބިން ކުއްޔަށް ނެގުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި އިއުލާނާ އެއްކަރުދާސް ކުރެވިފައިވާ މައުލޫމާތު ކަރުދާހުގައިވާ މައުލޫމާތާ އެއްގޮތަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.
|
ބީލަމުގައި ރަޖިސްޓްރީވުން |
2026 އޮކްޓޫބަރު 14 ވާ ބުދަ ދުވަހުންފެށިގެން 2026 އޮކްޓޫބަރު 22 ބުރާސްފަތި ދުވަހުގެ ނިޔަލަށް (މި އިދާރާގެ ކައުންޓަރުން) |
|
ބީލަން ހުށަހެޅުމުގެ ސުންގަޑި |
2026 އޮކްޓޫބަރު 28 ވާ ބުދަ ދުވަހުގެ 13:00 ގައި |
|
ބީލަން ހުޅުވުން |
2026 އޮކްޓޫބަރު 28 ވާ ބުދަ ދުވަހުގެ 13:05 ގައި ގއ.މާމެންދޫ ކައުންސިލްގެ އިދާރާގައި |
މި އިއުލާނުގައިވާ ބީލަމަށް ކުރިމަތިލެވޭނީ ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީވުމުގެ އަގަކީ -/500 (ފަސްސަތޭކަ ރުފިޔާ)އެވެ.
ބީލަން ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ބަންދުނުކޮށް ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. އަދި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ބަދަލުގައި އެހެންފަރާތަކުން ބައިވެރިވާނަމަ، ބަދަލުގައި އަންނަ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީއާއެކު އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަން ވާނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަންވެރިންގެ އެއްހާޒިރުގައެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.
2 ޖުމާދަލްއޫލާ 1448
13 އޮކްޓޫބަރު 2026
