ލ. ހިތަދޫ ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު

މަޤާމު:

މަސައްކަތު (ދާއިމީ)

ރޭންކް:

އެސް.އެސް 1

ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

އޮފީސް:

ލ.ހިތަދޫ ސްކޫލް

މުސާރަ:

-/3100 (ތިން ހާސް އެއްސަތޭކަ) ރުފިޔާ

ސަރވިސް އެލަވަންސް:

-/1000 (އެއް ހާސް) ރުފިޔާ

ބޭނުންވާ އަދަދު:

1

މަޤާމުގެ ޝަރުޠު:

ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު ނުވަތަ ޤާބިލުކަން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1. ކޮންމެ ދުވަހަކު މަދުވެގެން 1 ފަހަރު ސްކޫލުގެ ކްލާސްރޫމްތަކާއި އޮފީސް، ފަރުނީޗަރުތަކާއި، މެޝިނަރީތައް ސާފުކުރުން.

2. ކޮންމެ ދުވަހަކު މަދުވެގެން 2 ފަހަރު ސްކޫލުގެ ފާޚާނާތައް ސާފުކުރުން.

3. ކޮންމެ ދުވަހަކުވެސް ސްކޫލުގެ އިދާރާއިން އަންގަން ހަވާލުކުރާ އެންގުންތައް މީހުންނަށް އަންގައި، ސްކޫލުގެ އިދާރާއިން ފޮނުވާތަކެތި އެ ތަކެތި ލިބެންވީ ފަރާތާ ހަވާލުކުރުން.

4. ކޮންމެ ދުވަހަކު މަދުވެގެން އެއްފަހަރު ސްކޫލުގެ ގޯތީގެ ކުރިމައްޗާއި، ކުރިމަތީ މަގު ސާފުކުރުން.

5. މަދުވެގެން ހަފުތާއަކު 1 ފަހަރު ސްކޫލުގެ ގޯތިތެރޭގައި ހުންނަ ގަސްތައް ކޮށައި ސާފުކުރުމާއި، ގޯތިތެރެ ސާފުކޮށް ތަރުތީބުން ބޭއްވުން.

6. މަދުވެގެން ހަފުތާއަކު 1 ފަހަރު ސްކޫލުގެ ފާރުތަކާއި، ދޮރާއި، ސީލިންގާއި، ބިއްލޫރިތަކާއި، ފަންކާއާއި، ބޮކި ފަދަ ތަކެތި ސާފުކޮށް

ބެލެހެއްޓުން.

7. މަދުވެގެން ހަފުތާއަކު 1 ފަހަރު ކުނި އުކާލަންޖެހޭ ސަރަހައްދަށް ކުނި އުކާލުން.

8. މަދުވެގެން މަހަކު 1 ފަހަރު ގިފިލިވަޅުގެ ދިޔަ ހިއްކުން.

9. ސްކޫލުގެ ގުދަންތައް ބެލެހެއްޓުމާއި، ގުދަނަށް ވައްދަންޖެހޭ ތަކެތި ވައްދައި، ނެރެންޖެހޭ ތަކެތި ނެރެ އެކަމާބެހޭ އެންމެހައި ކަންކަން

ބެލެހެއްޓުން.

10. ސްކޫލުން ޒިންމާވާގޮތަށް ރަށްރަށުން ވަޑައިގަންނަވާ ބޭފުޅުންގެ ފޮށި ފަދަ ތަކެތި ގެންދަންޖެހޭ ތަނަކަށް ގެންދިއުމާއި، އެ ތަކެތި އެތަންތަނުން ބަނދަރަށް ގެންދިއުން.

11. ކުރަންޖެހޭ މަސައްކަތާ ގުޅިގެން ހަވާލުކުރެވޭ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.

12. ސްކޫލުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، މަސައްކަތުގެ ދާއިރާއިން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައްކުރުން.

13. ސްކޫލުގެ ގޯތިތެރެއާއި ސްކޫލު ވަށައިގެންވާ މަގުތައް ސާފުކުރުން.

ވަޒީފާއަށް ޤާބިލު ފަރާތެއް ހޯދުމަށް ބެލޭނެ ކަންތައްތައް

ތަޢުލީމީ ސެޓުފިކެޓުތަކާއި، މަސައްކަތުގެ ހުނަރާއި ޤާބިލުކަމަށް ބެލޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު

އިންޓަރވިއު އޮންނާނީ އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި މި ސްކޫލުގައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މި މަޤާމަށް އެދި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރުއްވާ ހުށަހަޅުއްވާނީ 2016 މާރިޗު 1 ވާ އަންގާރަ ދުވަހުގެ 14:00ގެ

ކުރިން ލ.ހިތަދޫ ސްކޫލަށެވެ.

އުޖޫރައާއި ޢިނާޔަތްތައް

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
  • މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ލ. ހިތަދޫ ސްކޫލުގެ އޮފީހުންނާއި ސިވިލް ސާރވިސްގެ ވެބުސައިޓް www.csc.gov.mv އިން ލިބެން ހުންނާނެއެވެ.
  2. ތަޢުލީމީ ސެޓުފިކެޓުގެ ކޮޕީ
  3. ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ހޮވިއްޖެނަމަ ބަދަލުވުމުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.
  4. ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނެ ފަދަ ލިޔުމެއް.
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6800745 ނަންބަރު ފޯނަށެވެ.

12 ޖުމާދަލްއޫލާ 1437

21 ފެބުރުވަރީ 2016
ހޯދާ