ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ.މީދޫ ޕްރީސްކޫލް ސާފުކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

މި އިޢުލާންވަނީ 22 އޮކްޓޫބަރު 2026 10:37 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

 

ދ.މީދޫ ޕްރީސްކޫލް ސާފުކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

 

މި އިއުލާނާއި އެއްކަރުދާސް ކޮށްފައިވާ މައުލޫމާތު ކަރުދާހާއި އެއްގޮތަށް ދ.މީދޫ ޕްރީސްކޫލް ސާފުކޮށް ބެލެހެއްޓުމަށް ބޭނުންވެއެވެ. ވީމާ، ކޮންޓްރެކްޓް އުޞޫލުން މަހަކު 6000ރ (ހަހާސް ރުފިޔާ) އަށް މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2026 އޮކްޓޫބަރު 20 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ސިޓީ ހުށަހެޅުއްވުމަށް ދަންނަވަމެވެ. އެއް ފަރާތަށްވުރެ ގިނައިން ސިޓީ ހުށަހަޅާފައިވާނަމަ މަސައްކަތް ހަވާލުކުރެވޭނީ ގުރުއަތުލައިގެން ހޮވޭ ފަރާތަކާއެވެ.

މިކަމަށް އެދޭ ފަރާތުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތު:

  1. ޢުމުރުން 18 އަހަރާއި، 65 އަހާރާ ދެމެދުގެ މީހަކު ކަމުގައިވުން.
  2. ރަށުގެ ރައްވެއްސަކަށްވުން، ނުވަތަ ރައްވެއްސަކާއި ކައިވެނީގެ ގޮތުން ގުޅިފައިވާ މީހަކު ކަމުގައިވުން.
14 އޮކްޓޫބަރު 2026
ހޯދާ