ދިވެހިރާއްޖެ
މިއެސޯސިއޭޝަނުން އިންތިޒާމްކޮށްގެން 04 ނޮވެމްބަރ 2026 ން 09 ނޮވެމްބަރ 2026 އަށް ބޭއްވުމަށް ތާވަލު ކުރެވިފައިވާ " ރާއްޖެ ޖޫނިއަރ ބެޑްމިންޓަން ޗެމްޕިއަންޝިޕް 2026 " (ނޯތް ޒޯން، ނޯތް ސެންޓްރަލް ޒޯން) ގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
ވީމާ މުބާރާތުގައި ބައިވެރިވާން ބޭނުންވާ އެންމެހާ ސްކޫލް/މަދަރުސާތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރުމަށް ފަހު 25 އޮކްޓޯބަރ 2026 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށް އީމެއިލް [email protected] ކުރެއްވުން އެދެމެވެ.
ކަނޑައެޅިފައިވާ ތާރީޙް އަދި މުބާރާތް ކުޅެވޭތަން ތަން:
- 04 ނޮވެމްބަރ 2026 ން 09 ނޮވެމްބަރ 2026 އަށް ޅ.ނައިފަރު (ބެޑްމިންޓަން އެރީނާ)
ހިމެނޭ އިވެންޓް ތައް:ނޯތް ޒޯން (ހއ، ހދ، ށ) ، ނޯތް ސެންޓްރަލް ޒޯން (ނ، ރ، ބ، ޅ)
ގްރޭޑް 7/8 (ޓީމް އިވެންޓް އަދި އޯޕަންސް އިވެންޓްގައި ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް)
ގްރޭޑް 9/10 (ޓީމް އިވެންޓް އަދި އޯޕަންސް އިވެންޓްގައި ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް)
ގްރޭޑް 11/12 (ޓީމް އިވެންޓް އަދި އޯޕަންސް އިވެންޓްގައި ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް)
ކުޅެވޭ ޝަޓްލް ބްރޭނޑް:ވިކްޓަރ އެންސީއެސް މެކްސް ޝަޓްލް (ސްޕީޑް 77)
މުބާރާތުގެ ޤަވާއިދު އަދި ބައިވެރިވުމަށް އެދޭ ފޯރމް ( ޕާޓިސިޕޭޝަން ފޯމް ):
- · މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް (ޕާޓިސިޕޭޝަން ފޯމް)، މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައި
- · މުބާރާތުގެ ޤަވާއިދު ޑައުންލޯޑް ކުރުމަށް Raajje Junior Badminton Championship 2026 – Tournament RULES
- · ބައިވެރިވުމަށް އެދޭ ފޯރމް ޑައުންލޯޑް ކުރުމަށް Participation Form TEAM EVENT & OPEN EVENTS
ބައިވެރިވުމަށް އެދޭ ފޯރމް ހުށައެޅުމުގެ ފަހު ތާރީޙް :
- 25 އޮކްޓޯބަރ 2026 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަންގެ އޮފީހަށް ނުވަތަ އީމެއިލް [email protected]
- ބައިވެރިވުމަށް އެދޭ ފޯރމް އާއި އެކު ބައިވެރިންގެ އައި.ޑީ ކާޑު ކޮޕީ ހުށައަޅަންވާނެއެވެ.
މުބާރާތުން ޖޫރިމަނާއަކާއި ނުލާ ވިތްޑްރޯވަލްގެ އެންމެފަހު ތާރިޙް:
- 01 ނޮވެމްބަރ 2026 ވާ އަދިއްތަ ދުވަހުގެ 14:00 ކުރިން
މުބާރާތުގެ އެންޓްރީ ޢާއްމު ކުރުން އަދި ޑްރޯ މީޓިންގ:
- މުބާރާތުގެ އެންޓްރީ ލިސްޓް ޢާއްމު ކުރުން 30 އޮކްޓޯބަރ 2026 . (ޓީމް އިވެންޓް)
- މުބާރާތުގެ ޑްރޯ ނަގާނީ " ޓޯނަމަންޓް ސޮފްޓް ވެއަރ " ބޭނުންކޮށްގެންނެވެ.
- މެނޭޖަރސް މީޓިންގެ ތާރީޙް ބައިވެރިވާ ސްކޫލް ތަކުގެ ފޯކަލް ޕޮއިންޓް/މެނޭޖަރ އާއި ފަހުގެ ތާރީޙެއްގައި ޙިއްޞާ ކުރެވޭނެއެވެ.
މުބާރާތުގެ ރެފްރީ :އަހްމަދު ޝިހާމް ޑެޕިއުޓީ ރެފްރީ: .........................
* ހުށައަޅުއްވާއިރު ފޯމްގައި ފުރިހަމަކުރަންޖެހޭ ހުރިހާ މަޢުލޫމާތެއް ފުރިހަމަ ކުރުމަށްފަހު ފޯމާއިއެކު ހުށައަޅަންޖެހޭ ހުރިހާ ތަކެތި ހަމަކުރުމަށްފަހު އެސޯސިއޭޝަނަށް ފޯމް ހުށައެޅުއްވުމަކީ މިއެސޯސިއޭޝަންގެ ވަރަށް ބޮޑު އިލްތިމާސް އެކެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށް އަދި 13:00 އިން 15:00 އަށް މިއެސޯސިއޭޝަންގެ ފޯން ނަމްބަރ (3314057) ނުވަތަ ވަޓްސްއެޕް 9904057 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
