މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ކޭޝިއަރ-ހޯރަފުށި އައިސްޕްލާންޓް/އޮޕަރޭޝަންސް އެންޑް ސަޕްލައި ޗެއިން/ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް

ވަޒީފާގެ ފުރުޞަތު 

މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު

 ކޭޝިއަރ

ބޭނުންވާ ޢަދަދު

 01

ވަޒީފާގެ ބާވަތް

 01 އަހަރު ކޮންޓްރެކްޓް (03 މަސް ޕްރޮބޭޝަން) 1 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހޯރަފުށި އައިސްޕްލާންޓް/އޮޕަރޭޝަންސް އެންޑް ސަޕްލައި ޗެއިން ޑިޕާރޓްމަންޓް/ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް

މުސާރަ

 އަސާސީ މުސާރަ:3،100.00 ރުފިޔާ

ސާރވިސް އެލަވަންސް:1،860.00 ރުފިޔާ

މިނިމަމްވޭޖް އެލަވަންސް: 3،441.00 ރުފިޔާ

ފުޑް އެލަވަންސް: -/1،800.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  • އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ އިނާޔަތުގެ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުޠު:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު، ޖީ.ސީ.އީ އޯލެވެލް ނުވަތަ އޭލެވެލް އިން 3 މާއްދާއިން (ހިސާބް މާއްދާ ހިމެނޭހެން) ފާސްވެފައިވުން.
  • މަޤާމާއި ގުޅޭ ދާއިރާއެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • ގިިނަ ވަަގުތު މަސައްކަތުގައި އުޅެވުން.
  • ފުރިހަމަ ކަމާއެކު މުޢާމަލާތްކުރަން އެންގުން
  • އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ހުރުން.
  • ގުޅިގެން މަސައްކަތް ކުރުމާއި ސުޕަވައިޒަރުންގެ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކުރުން.
  • ފައިސާ އަދި ބިލް ގެންގުޅުމުގެ އަސާސީ މައުލޫމާތު އެނގުން.
  • ޕީ.އޯ.އެސް ސިސްޓަމާއި ކޮމްޕިއުޓަރުގެ އެކި އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން.
  • ރިކޯޑުތަކާއި ރިޕޯޓުތައް ފުރިހަމައަށް ބެލެހެއްޓުމުގެ ގާބިލުކަން ހުރުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • ކަސްޓަމަރުން ދައްކާ ފައިސާ ބަލައިގަތުމާއި ދުވަހުން ދުވަހަށް ކުރެވޭ ފައިސާގެ މުއާމަލާތްތައް ބެލެހެއްޓުން.
  • ޕީ.އޯ.އެސް ސިސްޓަމް ބޭނުންކޮށްގެން ބިލް އަދި ރިސީޕްޓް ތައްޔާރުކުރުން.
  • ފައިސާގެ ރިކޯޑުތަކާއި ސޭލްސް ލިޔެކިޔުންތައް ތަރުތީބުން ބެލެހެއްޓުން.
  • ދުވަހުގެ ފައިސާގެ ހިސާބުތައް ދިމާކުރުމާއި ރިޕޯޓުތައް ތައްޔާރުކުރުން.
  • ކަސްޓަމަރުންނަށް އެކުވެރިކަމާއެކު ފަންނީ ހިދުމަތްތައްް ފޯރުކޮށްދިނުން.
  • އަގުތަކާއި މުއާމަލާތްތައް ރަނގަޅުކަން ކަށަވަރުކުރުން.
  • ފައިސާ ގެންގުޅުމުގައި ޒިންމާދާރުވެ ކުންފުނީގެ އުސޫލުތަކަށް ފުރިހަމައަށް ތަބާވުން.
  • އެމް.ޖީ.އޯ،އައިސް އަދި އިތުރަށް އަންނަ ސޭލްސް ރިސީޕްޓްތައް ހެދުން
  • އެކަށިގެންވާ މިހުންނަށް ބިލްތައް ފޮނުވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. (ޖޮބް އެޕްލިކޭޝަން ފޯމް)

ބ- ޕޮލިސްރިޕޯޓް.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • ވަޒީފާއަށް އެދި އީމެއިލް ކުރައްވާނީ  [email protected] އަށެވެ.
  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 19 އޮކްޓޫބަރު 2026 ވަނަ ދުވަހު މެންދުރު 12:00ގެ ކުރިންނެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.

 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932 ފޯނަށް ގުޅުއްވުން އެދެމެވެ.

13 އޮކްޓޫބަރު 2026
ހޯދާ