ދިވެހިރާއްޖެ
އިޢުލާން
މުވައްޒަފުން ބޭނުންވެއްޖެ:
ތިރީގައިމިވާ މަޤާމްތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމް: ޕްރޮޖެކްޓް އިންޖިއަރ
ވަޒީފާގެ ބާވަތް: ދާއިމީ
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ޝަރުޠުތައް: ސިވިލް އިންޖިނިއަރިންގ އިން ޑިޕްލޮމާ ނުވަތަ ޑިގްރީ ހާސިލުކޮށްފައިވުން. އަދި މި ދާއިރާއިން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
މުސާރަ: -/15،000 ރުފިޔާއާއި -/20،000 ރުފިޔާއާ ދެމެދު
ކުރަންޖެހޭ މަސައްކަތް: ބިލްޑިންގ ޑިޒައިން ކުރުމާއި، ސްޓަކްޗަރަލް ކަލްކިއުލޭޝަނާއި، ކުންފުނީގެ ޕްރޮޖެކްޓްތައް މެނޭޖުކުރުން.
މަސައްކަތަށް ނުކުންނަންޖެހޭ ތަން: އިންޖިނިއަރިންގ ޑިޕާޓްމަންޓް/ ތިލަފުށީ ބޯޓް ޔާޑް
މަޤާމް: ސީނިއަރ އޮފިސަރ
ބޭނުންވާ އަދަދު: 1 (އެކެއް)
ވަޒީފާގެ ބާވަތް: ދާއިމީ
މަޤާމުގެ ޝަރުޠުތައް: ޑިޕްލޮމާ ނުވަތަ ބެޗެލާރސް ޑިގްރީ އިން މާކެޓިންގ / މެނޭޖްމަންޓް ހާސިލުކޮށްފައިވުމާއި، މައިކްރޯސޮފްޓް އޮފީސް، ކޮރެލް، ފޮޓޯޝޮޕް ފަދަ ގްރެފިކްސް ސޮފްޓްވެއަރ ބޭނުންކުރަން އެނގުން.
ކުރަންޖެހޭ މަސައްކަތް: ކުންފުނީގެ ކަސްޓަމަރުންނާއި ރީޓެއިލް މާކެޓުގެ ބޭފުޅުންނާ މުޢާމަލާތްކުރުމާއި، ކުންފުނިން ވިއްކާ މުދަލާއި ދެވޭ ޚިދުމަތްތައް އިޝްތިހާރުކުރުން.
މުސާރަ: -/10،000 ރުފިޔާއާއި -/12،000 ރުފިޔާއާ ދެމެދު
މަސައްކަތަށް ނިކުންނަންޖެހޭ ތަން: ހެޑް އޮފީސް / ސޭލްސް އެންޑް މާކެޓިންގ ޑިޕާޓްމެންޓް
މަޤާމް: ޖޫނިއަރ އޮފިސަރ
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ޝަރުޠުތައް: ޖީ. ސީ. އީ. އޯލެވެލް
ކުރަންޖެހޭ މަސައްކަތް: ކުންފުނީގެ ކަސްޓަމަރުންނާ މުޢާމަލާތްކުރުމާއި، ކުންފުނީގެ ޑެލިވަރީތައް ވެސަލްސްއާއި ބައުޒަރ މެދުވެރިކޮށް ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމާއި، އެޑްމިނިސްޓްރޭޓިވް މަސައްކަތްތައްކުރުން.
މުސާރަ: -/8،000 ރުފިޔާއާއި -/9,000 ރުފިޔާއާ ދެމެދު.
ވަޒީފާގެ ބާވަތް: ދާއިމީ
މަސައްކަތަށް ނިކުންނަންޖެހޭ ތަން: ހެޑް އޮފީސް / ލޮޖިސްޓިކްސް
މަޤާމް: ސޭލްސް އެސިސްޓެންޓް
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ޝަރުޠުތައް: ޖީ. ސީ. އީ. އޯލެވެލް / އަދި މަސައްކަތާ ގުޅޭ ދާއިރާއަކުން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
މުސާރަ: -/8،000 ރުފިޔާއާ -/9,000 ރުފިޔާއާ ދެމެދު
ވަޒީފާގެ ބާވަތް: ދާއިމީ
މަސައްކަތަށް ނިކުންނަންޖެހޭ ތަން: އެފް. އެސް. އެމް. އީޒީ ފިލް
ސުންގަޑި: މި ވަޒީފާތަކަށް އެދޭ ފަރާތްތަކުން، 2016 ފެބުރުވަރީ 28 ވާ އާދީއްތަދުވަހުގެ މެންދުރު 14:00 ގެ ކުރިން، މި ކުންފުންޏަށް އެޑްރެސްކޮށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ.
އިތުރު މަޢުލޫމާތު: އިތުރު މަޢުލޫމާތު ހޯދުމަށް 3331442 ނަންބަރު ފޯނާ ގުޅުން އެދެމެވެ.
14 ޖުމާދަލްއޫލާ 1437