ދިވެހިރާއްޖެ
އިޢުލާން
އުތުރުފަރާތު ބަނދަރު ފާލަމުގެ ހަޓުގެ ސިމެންތި އަދި ކޮންކްރިޓް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ
ރ. މާކުރަތު އުތުރުފަރާތު ބަނދަރު ފާލަމުގެ ހަޓުގެ ސިމެންތި އަދި ކޮންކްރިޓް މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، ތިރީގައިވާ ތާވަލާ އެއްގޮތަށް ބީލަމުގައި ބައިވެރިވެވަޑައިގަތުމަށް ދަންނަވަމެވެ. މި ބީލަމުގައި ރަޖިސްޓަރީ ކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން، ބިޑް ރަޖިސްޓްރީކުރާ ފޯމު ފުރިހަމަކުރެއްވުމަށްފަހު 2026 އޮކްޓޯބަރ 19 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ބިޑް ރަޖިސްޓަރީއަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށާއި، މި އިޢުލާނާއެކު ގެޒެޓްގައި ޝާއިޢުކުރެވިފައިވާނެ ކަމުގައި ވެސް ދަންނަވަމެވެ.
|
ތަން |
ދުވަސް |
ތާރީޚް |
ގަޑި |
|
|
ބިޑް ރެޖިސްޓްރޭޝަން |
ރ. މާކުރަތު ކައުންސިލުގެ އިދާރާ |
ހޯމަ |
19 އޮކްޓޯބަރ 2026 |
13:00ގެ ކުރިން |
|
ބިޑް ހުށަހެޅުން |
ރ. މާކުރަތު ކައުންސިލުގެ އިދާރާ |
އާދިއްތަ |
25 އޮކްޓޯބަރ 2026 |
13:00 |
ބީލަމުގައި ރަޖިސްޓަރީވުމަށްޓަކައި، ބިޑް ރަޖިސްޓްރީކުރާ ފޯމު މި އިދާރާގެ އީމެއިލް [email protected] ނުވަތަ [email protected] އަށް ފޮނުވުމުން ވެސް ބަލައިގަނެވޭނެއެވެ. އަދި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އަންދާސީހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
މި މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6584030 ފޯނަށް ގުޅުއްވުން ނުވަތަ [email protected] / [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމީމެވެ.
02 ޖުމާދަލްޢޫލާ 1448
