ލ. ހިތަދޫ ސްކޫލް
ދިވެހިރާއްޖެ
އެސިސްޓެންޓް ފޯމަން

އިޢުލާން

މަޤާމު:                       އެސިސްޓެންޓް ފޯމަން

ބޭނުންވާ އަދަދު:                  1

ކުލެސިފިކޭޝަން އަދި ރޭންކް            SS2

މުސާރަ                       -/3470 ރުފިޔާ

ސަރވިސް އެލަވަންސް:              -/1000 ރުފިޔާ

ވަޒީފާ އޮތް އޮފީސް:                ލ.ހިތަދު ސްކޫލް

ގިންތި:                        ދާއިމީ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ސްކޫލުގެ ޢިމާރާތްތަކާއި، މުދަލާއި ފަރުނީޗަރ އަދި ހިފާގެންގުޅޭ ތަކެތި ސާފުކުރުވައި ބެލެހެއްޓުން.
  2. ސްކޫލުގެ މަސައްކަތު މީހުން ލައްވާ ސްކޫލުން އަންގާގޮތެއްގެ މަތިން މަސައްކަތް ކުރުވުން.
  3. ސްކޫލުގެ މަސައްކަތު މީހުންގެ މަސައްކަތް ސްޕަވައިޒްކުރުން.
  4. ސްކޫލުގައި ކުރަންޖެހޭ މަރާމާތުތައް ބަލައި މަސައްކަތުމީހުން ލައްވާ ކުރުވޭވަރުގެ މަރާމާތު ކުރުވުމާއި، އެނޫން މަރާމާތު ކުރެވޭނެ އިންތިޒާމު އިސްވެރިންނާއި ވާހަކަދައްކައިގެން ހަމަޖެއްސުން.
  5. ސިވިލް ސަރވިސަސްގެ ކޯޑް އޮފް ކޮންޑަކުޓަށް އިޙުތިރާމް ކުރުމާއެކު އެއާ އެއްގޮތަށް ޢަމަލުކުރުން.
  6. އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ ޢާންމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއެކު ބަރާބަރަށް ޢަމަލުކުރުން.

ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

2. މަޤާމަށް ބޭނުންވާ ތަމުރީނެއް /ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން

ނުވަތަ

3. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެމަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރުން.

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެންނާއި، މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެން އަދި ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން

އިންޓަރވިއު ކުރުން

ހ. އިންޓަރވިއު އޮންނާނީ އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު ހަތްދުވަހުގެ ތެރޭގައި ލ.ހިތަދޫ ސްކޫލުގައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު ލ.ހިތަދު ސްކޫލުގެ އޮފީހުން އަދި ސިވިލް ސާރވިސް ކޮމިސަންގެ ވެބުސައިޓު www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ލ.ހިތަދޫ ސްކޫލުގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 6 މާރިޗު 2016ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިންނެވެ.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ގުޅުއްވާނީ (6800745) އަދި 7905759 ނަންބަރު ފޯނަށެވެ.

16 ޖުމާދަލްއޫލާ 1437

25 ފެބުރުވަރީ 2016
ހޯދާ