ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ފާމަސޫޓިކަލް އޮފިސަރ / ކޮލިޓީ އެޝޫރަންސް ސެކްޝަން (ކ.މާލެ)

މަޤާމް :Pharmaceutical Officer
ބޭނުންވާ އަދަދު :1

އިޢުލާނު 

މަޤާމު:

ފާމަސޫޓިކަލް އޮފިސަރ

މަޤާމުގެ ނަންބަރު:

J-456128

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕީ.އެސް.5

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނޭޝަނަލް ޑްރަގް އޭޖެންސީ / ކޮލިޓީ އެޝޫރަންސް ސެކްޝަން (ކ.މާލެ)

މުސާރަ:

މަހަކު -/9,991ރުފިޔާ

ޖޮބް އެލަވަންސް:

މަހަކު -/2,997ރުފިޔާ

ހާޟިރީ އިނާޔަތް:

ހާޟިރުވާ ދުވަހަކަށް -/81ރުފިޔާ

އެހެނިހެން އެލަވަންސް:

ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (01 މޭ 2023 އިސްލާހާއި އެއްގޮތަށް) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކޮންޓްރޯލްޑް ޑްރަގްސް (ނާކޮޓިކް އަދި ސައިކޯޓްރޮޕިކްސް) މޮނިޓަރ ކުރުމުގެ ނިޒާމް (ރާއްޖެއަށް އެތެރެ ކުރާ މިންވަރާއި، ސެންޓަރުތަކަށް ޑިސްޓްރިބިއުޓް ކުރާ މިންވަރާއި އަދި ރާއްޖޭގައި ބޭނުންކުރާ މިންވަރު ދެނެގަތުމުގެ ނިޒާމް) ސެކްޝަން ހެޑްގެ ލަފާގެ މަތިން ކުރުމާއި އަދި މިނިޒާމްގެ ލިޔުންތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  2. ނޭޝަނަލް ޑްރަގް އޭޖެންސީގެ ދަށުން ހިންގާ ސެންޓަރުތަކަށާއި ގަގަން ކްލިނިކަށް ގެނެވޭ ކޮންޓްރޯލް ޑްރަގްސް (ނާކޮޓިކް އަދި ސައިކޯޓްރޮޕިކްސް) ގެ މައި ސްޓޮކް ޤަވާއިދާއި އެއްގޮތަށް ރައްކާކުރުމާއި ބެލެންސްކުރުމާއި، ބެލެހެއްޓުން އަދި ދޫކުރުމުގައި ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން.
  3. ނޭޝަނަލް ޑްރަގް އޭޖެންސީގެ ދަށުން ހިންގާ ސެންޓަރުތަކުގައި ކޮންޓްރޯލް ޑްރަގްސް ރައްކާކުރާގޮތް ބެލުމަށްޓަކައި ކުރަންޖެހޭ އިންސްޕެކްޝަންތައް ކުރުން.
  4. ނޭޝަނަލް ޑްރަގް އޭޖެންސީގެ ދަށުން ހިންގާ ސެންޓަރުތަކުގައި ކޮންޓްރޯލްޑް ޑްރަގްސްގެ ބޭނުން ކުރެވޭ މިންވަރާއި ސްޓޮކް ހުރި މިންވަރާއި ސެންތަރުތަކަށް ބޭސް ދޫކުރެވޭ މިންވަރު މޮނިޓަރކޮށް ބެލެހެއްޓުން.
  5. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ކޮންމެ 3 މަހަކުން ފޮނުވަންޖެހޭ ކޮންޓްރޯލްޑް ޑްރަގްސްގެ ތަފާސް ހިސާބުތައް ކޮންމެ 3 މަހަކުން ޤަވާއިދުން ފޮނުވުން.
  6. އައި.އެން.ސީ.ބީ އިން ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުސޫލުތައް އަދި ރާއްޖޭގައި އަމަލު ކުރަމުންދާ ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތަށް ރާއްޖެއަށް ކޮންޓްރޯލް ޑްރަގްސް އެތެރެކުރުމާއި ޑިސްޓްރިބިޔުޓް ކުރުމާ ގުޅޭ ގޮތުން ކަމާބެހޭ ފަރާތަކަށް ސުޕަވައިޒަރުގެ ލަފާގެ މަތިން ބޭނުންވާ ތަމްރީނުތައް ދިނުން
  7. ނޭޝަނަލް ޑްރަގް އޭޖެންސީން ހިންގާ ޕްރޮގްރާމްތަކާއި ގުޅޭގޮތުން ބޭނުންވާ ކޮންޓްރޯލްޑް ބޭހުގެ ކޯޓާ ހޯދުމަށް ކަމާ ބެހޭ އިދާރާތަކުގެ މެދުވެރިކޮށް ހޯދުން
  8. ސެންޓަރުތަކުގައި ބޭސްރައްކާކުރާ ގުދަން އިންސްޕެކްޓްކޮށް، އިންސްޕެކްޝަންގައި ފާހަގަކުރެވޭ ކަންކަމާއި  ގުޅޭގޮތުން ރިޕޯޓް ކުރުމާއި އަދި ރަނގަޅު ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ސެކްޝަން ހެޑްގެ އިރުޝާދާއިއެކު ކުރުން.
  9. ނޭޝަނަލް ޑްރަގް އޭޖެންސީން ހިންގާ ސެންޓަރުތަކުގައި ކޮންޓްރޯލްޑް ޑްރަގު ތަފާސް ހިސާބު ހޯދާ ބެލެހެއްޓުން
  10. އަލަށް ހުޅުވޭ ސެންޓަރުތަކުގެ ބޭނުންވާ ހުއްދަތައް ކަމާގުޅޭ އިދާރާތަކުގެ ލައިސަންސް ހޯދުމަށް ބޭނުންވާ އެންމެހާ މަސައްކަތް ކުރުމާއި ރެކޯޑް ބެލެހެއްޓުން 
  11. ކޮންޓްރޯލްޑް ޑްރަގާއި ގުޅޭގޮތުން ރިޕޯޓުކުރެވޭ ވައްކަމާއި، ގެއްލުމާއި، ސަބަބު ނޭނގޭ އުނިވުމަށް ރެކޯޑް ބެލެހެއްޓުމާއި ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓްކުރުން
  12. މަތީގައިވާ މަސައްކަތްތަކުގެ އިތުރުން، ނޭޝަނަލް ޑްރަގް އެޖެންސީގެ ރަސްމީ މަސައްކަތްތަކަށް އަންނަ ބަދަލަކާއި ގުޅިގެން ނުވަތަ އެހެން ގޮތަކުންވެސް ހަވާލު ކުރެވޭ ރަސްމީ މަސައްކަތްތައް ހަވާލްކުރެވޭ މުއްދަތެއްގައި ހަމަޖެހިފައި އޮންނަ އުސޫލް ތަކާއި އެއްގޮތަށް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ގަބޫލްކުރާ، މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން  ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6ގެ އެޑްވާންސް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީ އެއް ހާސިލްކޮށްފައިވުން.

ތަޢުލީމީ ރޮނގުތައް:

  • ކްލިނިކަލް ފާމަކޮލޮޖީ 
  • ޑްރަގް ޑިސްކަވަރީ އެންޑް ޑިވެލޮޕްމަންޓް 
  • މެޑިސިނަލް ކެމިސްޓްރީ 
  • ފާމަސޫޓިކަލް އެނަލިސިސް 
  • ފާމަސޫޓިކަލް ކެމިސްޓްރީ 
  • ފާމަސޫޓިކަލް ސައިންސް 
  • ފާމަކޮއެޕިޑެމިއޮލޮޖީ 
  • ފާމަކޮގްނޮސީ 
  • ފާމަކޮލޮޖީ 
  • ފާމަކޮވިޖިލަންސް 
  • ފާމަސީ

މަޤާމުގެ މަސައްކަތުގެ ދާއިރާތައް / ގުޅޭ ވަޒީފާގެ ދާއިރާ

  • ފާމަސީ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. އެލައިޑް ހެލްތް ކައުންސިލްގައި ރަޖިސްޓްރީވެފައިވާ (ލައިސަންސް މުއްދަތު ހަމަނުވާ)
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަންގެ ކޮޕީ
  6. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ21 އޮކްޓޫބަރ 2026 ވާ ބުދަ ދުވަހުގެ 14:00 ކުރިން ނޭޝަނަލް ކެރިއަރސް ސަރވިސް ޕޯޓަލް (މައިކެރިޔާ ޕޯޓަލް) މެދުވެރިކޮށެވެ.

ޕޯޓަލް ލިންކް: https://mycareer.gov.mv/en/jobs/pharmaceutical-officer

އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިހާނު އަދި އިންޓަރވިއު އޮންނާނީ 2026 އޮކްޓޫބަރ 27 އާއި 2026 ނޮވެންބަރ 05 އާ ދެމެދު ނޭޝަނަލް ޑްރަގް އޭޖެންސީ، ކ. މާލެ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

       މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3039016 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

13 އޮކްޓޫބަރު 2026
ހޯދާ