ދިވެހިރާއްޖެ
އިޢުލާން
ސިނާއީ މަގަށް އަރައިގެން ކަނޑާފައިވާ ބައެއް ރުއްގަހުގެ ނީލަން ކިއުމަށް ވަނީ ހަމަޖެހިފައެވެ.
ނީލަން ކިއުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި
|
ނީލަން އޮންނަ ދުވަސް: |
13 އޮކްޓޫބަރު 2026 |
|
ގަޑި: |
16:15 |
|
ނީލަން އޮންނަ ތަން: |
ސިނާއީ މަގު (ބީޗްހައުސް އިރުމަތީމަގު) |
ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތީގެ ތަފްޞީލް
|
ޢަދަދު |
ބާވަތް |
ނީލަން ފެށޭއަގު |
|
|
ފަން ފުންފުނިތައް ( ފަންފުންޏެއް ) |
10 ރުފިޔާ |
|
|
ރުއް ( ރުކެއް ) |
5 ރުފިޔާ |
|
|
ކުރުނބާ ކާށި ފުނި (ކުރުނބާ ކާށި ފުންޏެއް) |
5 ރުފިޔާ |
މިނީލަމުގައި ވާހައި ގިނަ ފަރާތްތަކަކުން ބައިވެރިވެވަޑައިގެން ދެއްވުމަކީ މިއިދާރާގެ އެދުމެކެވެ. ނީލަމުން ނަންގަވާ ތަކެތީގެ އަގު 2026 އޮކްޓޫބަރު 13ވަނަ ދުވަހުގެ 17:30 ގެ ކުރިން ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލް އިދާރާގެ އެކައުންޓު 7714700413001(1286 ރެވެނިއު 1) އަށް ފައިސާ ޖަމާކުރަން ޖެހޭނެއެވެ. ފައިސާ ޖަމާނުކުރާ ފަރާތްތަކުން ނީލަމުން ނެންގެވި ތަކެތި އެހިސާބުން ބާތިލު ކުރެވޭނެއެވެ. ނީލަމުން ނެންގެވި ތަކެތި ގެންދެވޭނީ ނީލަން ފުރިހަމަ ކުރިކަމުގެ ލިޔުން ކައުންސިލުން ދިނުމުންނެވެ.
ނީލަން ފުރިހަމަ ކުރައްވާ ފަރާތްތަކުން ނީލަމުން ނެންގެވި ތަކެތި 2026 އޮކްޓޫބަރު 14ވަނަ ދުވަހުގެ 17:00 ގެ ކުރިން ގެންދަވަންވާނެއެވެ. އެވަގުތުގެ ތެރޭގައި ނުގެންދަވާ ތަކެތި އެފަރާތުން ބޭނުންނެތީ ކަމުގައި ބަލައި، އެ ތަކެއްޗާމެދު ކައުންސިލުން ނިންމާ ގޮތެއްގެ މަތިން ޢަމަލުކުރެވޭނެއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
