ރަތަފަންދޫ ސްކޫލް
ދިވެހިރާއްޖެ
ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް މި ސްކޫލުންދޭ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް މި ސްކޫލުންދޭ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

 

  މި މަސައްކަތަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ 

(ޤާނޫންނަމަބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ (ޤާނޫން ނަންބަރު:2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވި ފައިވާ ފަރާތްތަކަށެވެ.

 

 

ރަތަފަންދޫ ސްކޫލުންދޭ މަޢުލުމާތާ އެއްގޮތަށް، އަމިއްލަ ޚަރަދުގައި ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް  ފަހައި ވިއްކާނެ އިންތިޒާމް ހަމަޖައްސައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

މިމައްސަކަތް ޙަވާލު ކުރުމަށް ހަމަޖެހިފައިވަނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ ފަރާތަކާއެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރީ ކުރެއްވުމަށް، 2026 އޮކްޓޫބަރ 18 ވާ  އާދީއްތަ ދުވަހުގެ 14.00 ގެ ކުރިން މި އިއުލާންއާ އެޓޭޗް ކޮށްފައިވާ ލިންކް މެދުވެރިކޮށް ނުވަތަ ސްކޫލަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

  • ރަޖިސްޓްރޭޝަން ފޯމް ލިންކް https://forms.gle/PKFGSujp3QCvbgvW7
  • މިމަސައްކަތާ ބެހޭ އިތުރު މަޢުލޫމާތު، ބީލަން ހުށަހަޅާ ފޯމުތަށް މި އިޢުލާން އާ އެޓެޗް ކޮށްފައިވާ ބީލަން ފޮތުގައި ހިމަނާފައި ވާނެއެވެ.
  • މިމަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 2026 އޮކްޓޫބަރ 20 ވާ  އަންގާރަ ދުވަހުގެ ހެނދުނު 11.00 ގައި ރަތަފަންދޫ ސްކޫލްގައެވެ.
  • މިމަސައްކަތާ ބެހޭ އެއްވެސް ސުވާލެއް ވާނަމަ 2026 އޮކްޓޫބަރ 25 ވާ އާދީއްތަ ދުވަހުގެ ގެ 11:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ.

       ސުވާލު އީމެއިލް ކުރައްވާނީ: [email protected]

  • ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން  އޮންނާނީ 2026 އޮކްޓޫބަރ 25 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11.00 ގައި ރަތަފަންދޫ ސްކޫލުގައެވެ.
  • ބީލަމާއެކު ފަހާފައިވާ ޔުނިފޯމް ސާމްޕަލް (1 ޓީޝާޓް، 1 ސޯޓް) ހުށަހަޅުއްވަންނާނެއެވެ. ސާންޕަލް ހުށަ ހަޅާފައި ނުވާ ފަރާތްތަކުގެ ބީލަން ބާތިލް ކުރެވޭނެއެވެ.
  • މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށާއި އަންދާސީ ހިސާބު ހުށައެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކުންވެސް ތަމްސީލް ކުރެއްވޭނީ އެއްފަރާތެވެ.   ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ ވެރިފަރާތުގެ ސިޓީއަކާއި އައި.ޑީ ކާޑުގެ ކޮޕީ ހުށައަޅުއްވަން ވާނެއެވެ.

 

             ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާން ކުރީމެވެ.

 

 

13 އޮކްޓޯބަރ 

13 އޮކްޓޫބަރު 2026
ހޯދާ