ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް ޝަހިދުޢަލީ މިސްކިތުގެ ހުޅަނގުފަރާތު ދޮރުތަކުގައި ސްޓިކަރ ޖެހުމުގެ މަސައްކަތާ ގުޅޭ

                   މަސްޖިދުލް ޝަހިދުޢަލީ މިސްކިތުގެ ހުޅަނގުފަރާތު ދޮރުތަކުގައި (ފެންލައިޓް ބަޔާއިއެކު) ސްޓިކަރ ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.  

                                      ވީމާ މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 6500034 ނަންބަރު ފޯނާ ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 20 އޮކްޓޯބަރ 2026 ވަނަ ދުވަހުގެ 10:15 އަށް މި ކައުންސިލަށް ހާޒިރުވެ މަސައްކަތުގެ އަގު (ކޯޓޭޝަން) ހުށައެޅުއްވުން އެދެމެވެ. ބީލަން ފޯމް ހުށަހަޅަން ވެރިފަރާތް ނޫން އެހެން ފަރާތަކުން ހާޒިރުވާނަމަ، އިޢުތިރާޒެއްނެތް ކަމުގެ ލިޔުން ހުށަހަޅަން ވާނެއެވެ. މަޢުލޫމާތު ފުރިހަމަނުވާ ފޯމްތައް ބާޠިލުވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

                           ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

13 އޮކްޓޫބަރު 2026
ހޯދާ