ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިޚިދުމަތުގެ 02 ވެހިކަލަކަށް ބޭނުންވާ 02 އިންޖީނު އަދި ގިއަރ ބޮކްސް ހޯދުން
|
ޕްރޮޖެކްޓް ނަންބަރު |
PC-171/2026/T474 |
އިޢުލާން ނަންބަރު |
171-Y(FBM2)/IUL/2026/216 |
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- މިޚިދުމަތުގައި ދުއްވާ 02 އުޅަނދަކަށް ބޭނުންވާ އިންޖީނު އަދި ގިއަރ ބޮކްސް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މިމުއައްސަސާގެ ނަންބަރު 171-Y(FBM2)/IUL/2026/202 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީވެ ދެންނެވިފައިވާ އިޢުލާން ބާޠިލްކޮށް، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.
- ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު އީ-މެއިލް: [email protected] އަށް މެއިލްކޮށް އަދި [email protected] އަށް ކޮޕީ ފޮނުވުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް މެއިލްކުރެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަގީންކުރަންވާނީ ރަޖިސްޓްރީ ނަމްބަރު ލިބުމުންނެވެ.
- ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 2026 އޮކްޓޫބަރު 21 ވަނަ ދުވަހުގެ 13:00 އެވެ. ބީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
- ބީލަން ހުޅުވުން އޮންނާނީ 2026 އޮކްޓޫބަރު 27 ވަނަ ދުވަހުގެ 13:00 ގައި އަމީނީމަގު، އިސްކަންދަރުކޮށި 1 ގައެވެ. އިއްޒުއްދީން މަގުން ފެށިގެން ކޯރުކެނޑި ހިނގުމާއި ހަމައަށް، އަމީނީ މަގު އިސްކަންދަރު ކޮށި 1 ހިމެނޭ ސަރަޙައްދު 2026 އޮކްޓޫބަރު 04 ވަނަ ދުވަހުން ފެށިގެން ބަންދު ކުރުމަށް ހަމަޖެހިފައިވާތީ އިސްކަންދަރު ކޮށި 1 ގެ މެއިން ގޭޓް ވަނީ ބަންދުކުރެވިފައިއެވެ. ވީމާ ދެންނެވިފައިވާ ބީލަންތަށް ހުށަހެޅުމަށް އިސްކަންދަރު ކޮށި 1 އަށް ވަދެ ނިކުމެ ހެދުމަށް ބޭނުންކުރެވޭނީ ރިޔާސީ ހިނގުމުގައި ހުންނަ ގޭޓް ނަންބަރު 04 ކަމުގައި ބީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
- ބީލަންތައް ހުންނަން ވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
- ބިޑް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރެޖިސްޓްރީ ވުމަށް އެދި ފޯރމް ހުށަހަޅައި ބީލަމުގައި ރެޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
- ޕްރޮޖެކްޓާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް ވާނަމަ 2026 އޮކްޓޫބަރު 25 ވަނަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ޕްރޮކިއުމަންޓް
- ދިވެހި ފުލުހުންގެ ޚިދުމަތް
- އަމީނީމަގު ، މާލެ، ދިވެހިރާއްޖެ
- ފޯން: 9790052
- އީ-މެއިލް: [email protected]
- ކޮޕީ: [email protected]
13 އޮކްޓޫބަރު 2026
13 އޮކްޓޫބަރު 2026
ހޯދާ
