އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އެސިސްޓަންޓް އޮފިސަރ - ސަދަން ރީޖަނަލް އޮފީސް

މަސައްކަތް ކުރަންޖެހޭތަން

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ދެކުނު ސަރަޙައްދީ އޮފީސް (ސ. ހިތަދޫ)

ޑިޕާޓްމަންޓް 

ލޯކަލް ގަވަރނަންސް އެންޑް ރީޖަނަލް އޮޑިޓް / ސަދަން ރީޖަނަލް އޮފީސް

އަސާސީ މުސާރަ

-/4000ރ.

ސަރވިސް އެލަވަންސް

ސަރވިސް އެލަވަންސް  (ފިކްސްޑް): -/3300ރ.

ސަރވިސް އެލަވަންސް: 53/33ރ. (ދުވާލަކަށް)

ލިވިންގ އެލަވަންސް

-/1500ރ.

ސްޕެޝަލް އެލަވަންސް

-/2000ރ.

އަސާސީ ޝަރުތު

  1. ޖީ.ސީ.އީ އޭ.ލެވެލް އިމްތިހާނުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން އަދި
  2. މީގެ އިތުރުން އިންޓަރވިއުގައި މި މަސައްކަތަށް ގާބިލްމީހެއްކަން ސާބިތުކޮށްދިނުން.

އެހެނިހެން ޝަރުތު

  1. މާލީ ފައިދާއެއް ލިބޭ މަސައްކަތެއް ކުރަމުންގެންދާނަމަ، ވަޒީފާހަމަޖެހުމަށްފަހު، މިއޮފީހުގެ މުވައްޒަފުން ސުލޫކީގޮތުން  ޢަމަލުކުރަންޖެހޭ އުސޫލާއި އެއްގޮތަށް ޢަމަލުކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވުން.
  2. ދައުލަތުގެ އެއްވެސް ކުންފުންޏެއްގައި އަދި ދައުލަތް ހިއްސާވާ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން، އަދި އެފަދަ ކުންފުންޏެއްގެ ބޯޑްގެ މެމްބަރެއްކަމުގައި ނުވުން. 
  3. ދައުލަތް ހިއްސާވާ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  4. މިއޮފީހުގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން.

މަގާމުގެ މަސްއޫލިއްޔަތު

  1. އޮފީހުގެ ދުވަސްވެ ބާވެފައިވާ މުހިންމު ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ގިނަ ދުވަހަށް ބެލެހެއްޓުމަށްޓަކައި ޑިޖިޓަލްކޮށް އާރކައިވްކުރުން.
  2. އޮފީހުން ބޭރަށް ފޮނުވަންޖެހޭ ތަކެތި އެތަކެތި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  3. ޖެމްސްގެ ޑިސްޕެޗް ޔޫޒަރގެ ހައިސިއްޔަތުން އޮފީހުން ފޮނުވަންޖެހޭ ލިޔެކިޔުންތަކަށް ނަންބަރު ނެގުމާއި، އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ތަކެތި ފޮނުވުމާއި، ލިޔެކިޔުމާއި، މަޢުލޫމާތު ހޯދަންޖެހޭ ހާލަތުގައި ހޯދާ ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުން.
  4. އޮފީހަށް އަންނަ ލިޔެކިއުންތަކާއި، އޮފީހުން ބޭރަށް ފޮނުވާ ލިޔެކިއުންތަކުގެ ތެރެއިން ފައިލްކޮށް ބަލަހައްޓަންޖެހޭ ލިޔެކިޔުން ފައިލްކޮށް ބެލެހެއްޓުމާއި، އެކިފަރާތްތަކުން އެދިގެން ހޯދަންޖެހޭ ލިޔެކިޔުންތަކުގެ ކޮޕީ، އެބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުން.
  5. އޮފީހުގެ ރިސެޕްޝަނަށް އަންނަ ފޯނު ކޯލުތަކަށް ޖަވާބު ދިނުމާއި، ފޯނުކޯލު ނުވަތަ މައުލޫމާތު ޕާސްކުރަންޖެހޭ ފަރާތްތަކަށް ޕާސްކުރުން.
  6. އޮފީހަށް އަންނަ މެހެމާނުން ބަލައިގަނެ، ބައްދަލުކުރަން އަންނަ ފަރާތާއި ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.
  7. ކީ މެނޭޖްމެންޓް ސިސްޓަމް އިން އެސައިންކޮށްފައިވާ އުސޫލުގެ މަތިން އޮފީސް ހުޅުވައި ލެއްޕުމާއި، މަސައްކަތު ދުވަސް ފެށުމުގެ ކުރިން ކުރަންޖެހޭ ތައްޔާރީތަކާއި، އޮފީސް ބަންދުކުރުމުގެ ކުރިން ކުރަންޖެހޭ ކަންކަން ކުރުން.
  8. ޔުނިޓުގެ މުވައްޒަފެއް އޮފީހުގައި ނެތްހާލަތެއްގައި އެމުވައްޒަފެއްގެ މަސައްކަތް (އެމުވައްޒަފުގެ / އިމީޑިއެޓް ސުޕަވައިޒަރގެ އިރުޝާދާއި އެއްގޮތަށް) ކުރުން.
  9. އޮފީހުން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިއެހެން ކަންތައްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މިމަޤާމަށް ޝައުގުވެރިވެލައްވާ ބޭފުޅުން އެޕްލިކޭޝަން ފޮނުއްވާނީ ހަމައެކަނި މި އޮފީހުގެ އޮންލައިން ޖޮބް ޕޯޓަލް އިންނެވެ. މި ޕޯޓަލްގެ ލިންކަކީ https://www.audit.gov.mv/vacancies މިއެވެ.
  2. ކަވަރ ލެޓަރ.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛
  5. ޖީ.ސީ.އީ އޭ.ލެވެލް ސެޓްފިކެޓް ކޮޕީ، 

    (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާ ފެންވަރުގެ ސަނަދެއް ރާއްޖެއިން ބޭރުން ޙާސިލްކޮށްފައިވާނަމަ އެ އޮތޯރިޓީގެ ތައްގަނޑު ޖަހާފައިވާ،  ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

    (ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްގެ ކޮޕީ

5. ވަކި ފަރާތަކަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާއަށް ހޮވިއްޖެ ހިނދެއްގައި މިއޮފީހަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން. 

6. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތާބެހޭގޮތުން މަޢުލޫމާތު ދެވޭނެ ފަރާތެއް ނުވަތަ ފަރާތްތަކެއްގެ މަޢުލޫމާތު.

އެހެނިހެން

  1. އެޕްލިކޭޝަންތައް ސްކްރީންކުރުމަށްފަހު، އެ ކެނޑިޑޭޓެއްގެ ސްޓޭޓަސް  ޖޮބް ޕޯޓަލް އިން ފެންނަން ހުންނާނެއެވެ.
  2. ސްކްރީންކުރުމަށްފަހު ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު ޖުމްލަ 10 ކެޑިޑޭޓުންނަށްވުރެ އިތުރުވާނަމަ، ޓްކްނިކަލް އެސެސްމަންޓެއް ދެވޭނެވެ.
  3.  ޓެކްނިކަލް އެސެސްމަންޓް ދެވިއްޖެނަމަ، 5 ކެނޑިޑޭޓުންނަށް ވުރެ މަދު ނުވާގޮތަށް ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓްވިކަން ނުވަތަ ނޫންކަން ޖޮބް ޕޯޓަލް އިން ފެންނަންހުންނާނެއެވެ. އިންޓަރވިއުއަށް ކިޔޭނީ ޝޯޓްލިސްޓްވާ ކެޑިޑޭޓުންނަށް އެކަންޏެވެ.
  4. މިމަޤާމަށް މުވަައްޒަފަކު ހޮވުމުގައި ބެލެވޭނީ، ދެވިފައިވާ އެސެސްމަންޓްތައް (އެސެސްމަންޓް ދެވިފައިވާނަމަ) އަދި އިންޓަރވިއުގެ މާރކްސްއަށެވެ.
  5. މި މަޤާމަށް މީހަކު ހޮވުމުގައި ތައުލީމްއަށް ދެވޭ ޕޮއިންޓްދޭނީ މިމަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންގައިވާ ކަށަވަރު ކުރެވޭ ލިޔެކިޔުންތަކަށް ބަލާފައެވެ.
  6. އެސެސްމަންޓަށް ނުވަތަ އިންޓަރވިއުއަށް ވަޑައިގަތުމަށް މިއޮފީހުން އަންގާ ދުވަހަށް އެއްވެސް ސަބަބާކާހުރެ ކެނޑިޑޭޓަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން އެސެސްމަންޓް ނުވަތަ އިންޓަރވިއު ނުދެވޭނެއެވެ.

އެޕްލިކޭޝަން ފުރިހަމަކުރަންވީ ތާރީޚާއި ގަޑި

 25 އޮކްޓޫބަރު 2026 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއޮފީހުގެ ވެބްސައިޓްގައިވާ ޖޮބްޕޯޓަލްއިން.

https://www.audit.gov.mv/vacancies

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3348200، 3348273 ނަންބަރު ފޯނަށެވެ.

13 އޮކްޓޫބަރު 2026
ހޯދާ